logo
ކުޅިވަރު

ޑެމްބެލޭ އާއި ޑޫއޭ މޮޅުކުޅުންތެރިޔާކަމަށް، ޔަމާލް އާއި ރަފީނިޔާއަށް ބައިވެރިވިކަމުގެ ސެޓިފިކެޓް

އަބްދުﷲ ޣާނިމް
2 ޖޫން 2025 - 05:29
ޑެމްބެލޭ އާއި ޑޫއޭ ގެ މޮޅު ކުޅުމާއެކު ޕީއެސްޖީ ޗެންޕިއަންސް ލީގު ވަނީ ކާމިޔާބުކޮށްފައި
ޑެމްބެލޭ އާއި ޑޫއޭ ގެ މޮޅު ކުޅުމާއެކު ޕީއެސްޖީ ޗެންޕިއަންސް ލީގު ވަނީ ކާމިޔާބުކޮށްފައި

ޔުއެފާ ޓެކްނިކަލް އޮބްޒާވަރ ގްރޫޕުން ޕެރިސް ސެއިންޓް-ޖަރމޭންގެ އުސްމާން ޑެމްބެލޭ 2024/25 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވައިފިއެވެ.

މިސީޒަނުގައި ބާސެލޯނާގެ ރަފީނިޔާގެ ފަރާތުން ޗެންޕިއަންސް ލީގުގައި މޮޅުކުޅުމެއް ދައްކައި، ރޮނާލްޑޯގެ ރެކޯޑަކާ ހަމަކުރިނަމަވެސް ސެމީއިން ކެޓުމާއެކު، ރަފީނިޔާ އަށް ވަނީ ޗެންޕިއަންސް ލީގުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ގެއްލިފައެވެ. ނަމަވެސް ސީޒަނުގެ ޔުއޭފާ ޓީމު އޮފްދަ ސީޒަނުގައި ރަފީނިޔާ ވަނީ ހިމެނިފައެވެ. މީގެ އިތުރުން ރަފީނިޔާ ވަނީ މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑެމްބެލޭ މުޅި މުބާރާތުގައިވެސް ވަނީ ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މުބާރާތުގައި 8 ލަނޑު ޖަހައި މުބާރާތުގެ ޗެންޕިއަން ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވެއެވެ. މީގެ ތެރޭގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި މުހިންމު ލަނޑާއި، ސްޓަޓްގާޓްއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ހެޓްރިކް އަދި ލިވަޕޫލް އާއި އާސެނަލްއާ ދެކޮޅަށް ކުޅުނު ނޮކްއައުޓް މެޗުތަކުގައި ޖެހި ލަނޑުތައް ހިމެނެއެވެ.

ޑެމްބެލޭ ވަނީ ފައިނަލުގައި މޮޅުކުޅުމެއް ދައްކައި، ފައިނަލުގައި ދެ އެސިސްޓު ހަދާފައެވެ.

ޑޫއޭއަށް ޒުވާން ކުޅުންތެރިޔާގެ މަޤާމު

ޔުއެފާ ޓެކްނިކަލް އޮބްޒާވަރ ގްރޫޕުން ޕެރިސް ސެއިންޓް-ޖަރމޭންގެ ޑެސިރޭ ޑޫއޭ 2024/25 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަޤާމަށް ހޮވާފައިވެއެވެ.

ގިނަބަޔަކު މިމަޤާމަށް ލަމީން ޔަމާލް ހޮވޭނެކަމަށް ޤަބޫލުކުރިނަމަވެސް، ޑޫއޭ ވަނީ ޗެންޕިއަންސް ލީގު ޕީއެސްޖީއަށް ފުރަތަމަ ފަހަރަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ. އެގޮތުން ނޮކްއައުޓް ބުރުން ފެށިގެން ޑޫއޭ ތަފާތު މޮޅުކުޅުމެއް ދައްކައި ފައިނަލުގައި ދެގޯލު ޖަހައި، ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ. ޔަމާލް ވެސް ވަނީ މިސީޒަނުގެ ޗެންޕިއަންސްލީގުގެ ޓީމު އޮފްދަ ސީޒަންގައި ހިމެނިފައެވެ.

viber_image_2025-06-01_21-16-04-622.jpg

ޗެންޕިއަންސް ލީގުގެ ޓީމް އޮފް ދަ ސީޒަން

 

"ޑޫއޭ މި ސީޒަންގައި ވަނީ ވަރަށް ބޮޑު ސަޕްރައިޒެއް ދީފައި،" ޔުއެފާ ޓެކްނިކަލް އޮބްޒާވަރ ގްރޫޕުން ބުންޏެވެ. "އޭނާ ނޮކްއައުޓް ފޭސްގައި ވަރަށް ހައިރާންކުރުވަނިވި ކުޅުމެއް ދައްކައި، ފައިނަލަށް ގޮސް، ހޮނިހިރު ދުވަހުގެ ރޭ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދިއެވެ. އަދި ފައިނަލްގައި 2 ލަނޑު ޖެހި ފުރަތަމަ ޓީނޭޖް ކުޅުންތެރިޔާވެސް މެއެވެ. މުސްތަޤުބަލުގައި އެހެން ޒުވާން ކުޅުންތެރިން ފަހިވުމަށް މިފަދަ ރޯލް މޮޑެލުން ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑެމްބެލޭ އާއި ޑޫއޭ މޮޅުކުޅުންތެރިޔާކަމަށް، ޔަމާލް އާއި ރަފީނިޔާއަށް ބައިވެރިވިކަމުގެ ސެޓިފިކެޓްކުޅިވަރު | 3 މަސް ކުރިންޗެންޕިއަންސް ލީގު ފައިނަލުގައި ޕީއެސްޖީއާއި އިންޓަރ މިލާން މިރޭގައި ނިކުންނަނީކުޅިވަރު | 3 މަސް ކުރިންޗެލްސީ ތިންއަހަރުފަހުން ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެކުޅިވަރު | 3 މަސް ކުރިންއާރސެނަލް ޕްރީމިއަރ ލީގު ދޫކޮށްލިގޮތަށް ޗެންޕިއަންސް ލީގު ދޫކޮށްލަން ތައްޔާރުވެއްޖެކުޅިވަރު | 4 މަސް ކުރިން