logo
ކުޅިވަރު

މެސީ އާއި މަރަޑޯނާ ކޮޕީކުރަން ހަދައިގެން ނޭމާއަށް ރަތްކާޑުދައްކައި ފޮނުވާލައިފި

އަބްދުﷲ ޣާނިމް
2 ޖޫން 2025 - 06:36
ރޭގެ މެޗުގައި ރެފްރީ ރަތްކާޑު ދައްކަނީ
ރޭގެ މެޗުގައި ރެފްރީ ރަތްކާޑު ދައްކަނީ

ބްރެޒިލްގެ ސީރީ އޭގައި ސަންޓޯސް އާއި ބޮޓަފޯގޯ ބައްދަލުކުރި މެޗުގައި އަތުން ބޯޅަ ގޯލަށް ޖެހުމުގެ ސަބަބުން ނޭމާއަށް ރަތް ކާޑު ދައްކައި މެޗުން ބޭރުކޮށްލައިފިއެވެ. މި މެޗު ނިމުނީ ބޮޓަފޯގޯ އިން 1-0 އިން މޮޅުވެގެންނެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ނޭމާ އަތުން ބޯޅައަށް ޖަހައި ގޯލެއް ކުރަން މަސައްކަތްކުރުމުން ރެފްރީ އޭނާއަށް ދެވަނަ ރީނދޫ ކާޑު ދައްކައި މެޗުން ބޭރުކޮށްލިއެވެ. އަދި މި ގޯލު ވަނީ ވަގުތުން ބާތިލުކޮށްފައެވެ. އަދި މެޗުގެ ފަހު ގަޑީގައި އާތަރ ގުއިމާރަސް ވަނީ ބޮޓަފޯގޯއަށް ގޯލުޖަހައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

11 މެޗު ކުޅުމަށްފަހު މިހާރު ސަންޓޯސް އޮތީ ލީގު ތާވަލުގެ 18 ވަނަ ހިސާބުގައެވެ. އިންޖަރީގެ ސަބަބުން ނޭމާ ވަނީ 7 މެޗު ކުޅުމުގެ ފުރުސަތު ގެއްލިފައެވެ. އަދި އޭނާއަށް މިހާތަނަށް އެއްވެސް ގޯލެއް ނުވަތަ އެސިސްޓެއް ހެދިފައެއްނުވެއެވެ.

ކުޑައިރު މަރަޑޯނާ އާއި ބައްދަލުވުމަށްފަހު އޭނާގެ ކުޅުމުން ލިބުނު އިންސްޕިރޭޝަންގެ ވާހަކަ ނޭމާ ދައްކާފައިވެއެވެ. ނަމަވެސް މަރަޑޯނާގެ މަޝްހޫރު "ހޭންޑް އޮފް ގޮޑް" ގޯލު ކޮޕީކުރަން ހެދުމުން އޭނާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މީގެކުރިން މެސީވެސް ވަނީ މިގޮތަށް އަތުން ގޯލެއް ޖަހައިފައެވެ.

"އަހަރެން ކުށެއް ކުރެވިއްޖެ، މާފުކުރޭ! މިއަދު އަހަރެން މެޗުން ބޭރުނުވިނަމަ، ޔަގީނުން ވެސް އަހަރެމެންނަށް ތިން ޕޮއިންޓް ލިބުނީސް،" ނޭމާ ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ.

ސައުދީ އަރަބިއާގެ އަލް-ހިލާލް އިން ސަންޓޯސްއަށް ބަދަލުވި ނޭމާގެ ކޮންޓްރެކްޓް ހަމަވާނީ ޖޫން 30 ގައެވެ. މި ރަތް ކާޑުގެ ސަބަބުން ފޮރްޓަލޭޒާ އާއި ކުޅޭ މެޗުގައި ނޭމާއަށް ނުކުޅެވޭނެއެވެ. އަދި ކޮންޓްރެކްޓް އިތުރުނުކުރާނަމަ މިއީ އޭނާ ސަންޓޯސްއަށް ކުޅޭ އެންމެ ފަހު މެޗު ކަމަށް ވެދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިޑަލް ނޭމާ އާއި އެއްގޮތަށް ޔަމާލް ޅަފަތުގައި ދަނޑުބޭރުން ގޯލުޖަހަން ފަށައިފިކުޅިވަރު | 13 ދުވަސް ކުރިންނޭމާއަށް ކޮވިޑް ޖެހިއްޖެކުޅިވަރު | 3 މަސް ކުރިންމެސީ އާއި މަރަޑޯނާ ކޮޕީކުރަން ހަދައިގެން ނޭމާ ރަތްކާޑުދައްކައި ފޮނުވާލައިފިކުޅިވަރު | 3 މަސް ކުރިންނޭމާ އަށް އަނެއްކާވެސް އަނިޔާވެއްޖެކުޅިވަރު | 5 މަސް ކުރިން