logo
Bank of Maldives

Bank of Maldives

ކުޅިވަރު

އޮލިމްޕިކް ކޮމިޓީގެ ރައީސަކަށް ސައްތާރު އިންތިޚާބުކޮށްފި

އަބްދުﷲ ޣާނިމް
3 ޖޫން 2025 - 06:51
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ރައީސް ކަމުގެ މަޤާމަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި މުޙައްމަދު ޢަބްދުއް ސައްތާރު (ޗަމްޕީ) އަނެއްކާވެސް އެމަޤާމަށް އިންތިހާބުކޮށްފި
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ރައީސް ކަމުގެ މަޤާމަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި މުޙައްމަދު ޢަބްދުއް ސައްތާރު (ޗަމްޕީ) އަނެއްކާވެސް އެމަޤާމަށް އިންތިހާބުކޮށްފި

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ރައީސްކަމުގެ މަޤާމަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި މުޙައްމަދު ޢަބްދުއް ސައްތާރު (ޗަމްޕީ) ވަނީ އިންތިޚާބުވެފައެވެ. ހޯމަ ދުވަހު ބޭއްވުނު އިންތިޚާބުގައި ރައީސްކަމުގެ މަޤާމަށް ކުރިމަތިލެއްވީ ހަމައެކަނި ސައްތާރެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމުގައި މިހާރު ހަތަރުވަނަ ދައުރު ފުރުއްވަމުންދާ ސައްތާރު، އެމްއޯސީގެ ރައީސްކަމަށް ފުރަތަމަ އިންތިޚާބުވެފައިވަނީ 2021 ވަނަ އަހަރުއެވެ. މިއީ އެމްއޯސީގެ ރައީސްކަމުގައި އޭނާގެ ދެވަނަ ދައުރެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައު ހިންގާ ކޮމެޓީގެ މެންބަރުން

އައު ދައުރުގެ ނައިބު ރައީސުންގެ ގޮތުގައި އިންތިޚާބުވެފައިވަނީ ހޭންޑްބޯޅަ އެސޯސިއޭޝަންގެ އަޙުމަދު އިސްމާއީލް އާއި ޗެސް އެސޯސިއޭޝަންގެ އަޙުމަދު މުންތަގިމްއެވެ. އެތުލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ކުރިމަތިލެއްވި މުސްޠަފާ މުޙައްމަދަށް ނައިބު ރައީސްކަން ނުލިބުނެވެ.

އެމްއޯސީގެ އައު ހިންގާ ކޮމެޓީގައި ޖުމުލަ 14 މެންބަރުން ހިމެނެއެވެ. އޮލިމްޕިކް ސްޕޯޓްސްގެ ހަ ގޮނޑިއަށް އިންތިޚާބުވެފައިވަނީ ވޮލީބޯޅަ، ޓޭބަލް ޓެނިސް، ބާސްކެޓްބޯޅަ، ކްރިކެޓް، ޓެނިސް އަދި ސާފިންގ އެސޯސިއޭޝަންތަކެވެ.

ނޮން އޮލިމްޕިކް ސްޕޯޓްސްގެ ދެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕޫލް ބިލިއާޑް އަދި ބޮޑީ ބިލްޑިންގ އެސޯސިއޭޝަންތަކުންނެވެ. އަންހެން މެންބަރުންގެ ދެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ނެޓްބޯޅަ އަދި ޝޫޓިންގ އެސޯސިއޭޝަންތަކުންނެވެ. މި އައު ހިންގާ ކޮމެޓީގެ ދައުރަކީ 2025 އިން 2029 އަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ދީމާގެ އަޒްކާގެ ޕެއާއިން މޮންގޯލިއާވެސް ބަލިކޮށްފި ކުޅިވަރު | 3 ދުވަސް ކުރިންއޮލިމްޕިކް ކޮމިޓީގެ ރައީސަކަށް ސައްތާރު އިންތިޚާބުކޮށްފިކުޅިވަރު | 5 މަސް ކުރިންސްޕޯޓްސް ސްކޮލަރޝިޕް ޒުވާން ދުވުންތެރިޔާ ހިމްނާ އަށްޚަބަރު | 10 މަސް ކުރިން