logo
ދުނިޔެ

ޖަލުން ފިލި ޤައިދީންތައް އަތުލައިގަތުމަށް ޕާކިސްތާނުގައި ވަރުގަދަ އޮޕަރޭޝަނެއް

އަޙްމަދު ޒަލީފް
3 ޖޫން 2025 - 14:22
ޖަލުން ފިލި ޤައިދީންތައް އަތުލައިގަތުމަށް ޕާކިސްތާނުގައި ވަރުގަދަ އޮޕަރޭޝަނެއް

ޕާކިސްތާނަށް އައި ބިންހެލުންތަކެއްގައި ކަރާޗީގެ ދެކުނުގައި ހުންނަ ޖަލަކުން ފިލި ޤައިދީންތަކުގެ ތެރެއިން މިހާތަނަށް އަތުލައިގަނެވިފައިނުވާ ޤައިދީންތައް ހޯދުމަށް އެ ޤައުމުން ވަރުގަދަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ބިންހެލުންތައް އައި ވަގުތު، ކަރާޗީގައި ހުންނަ ޑިސްޓްރިކްޓް މާލީރު ޖަލުގައި ތިބި ޤައިދީންގެ ސަލާމަތަށް ގޮޅިތަކުން ޖަލުގެ ގޯތި ތެރެއަށް ނެރުނު ވަގުތު، ޖަލު އޮފިސަރުންނަށް ޙަމަލާދިނުމަށްފަހު ޖުމްލަ 213 ޤައިދީން ފިލިކަމަށް ފުލުހުން ބުންޏެވެ.

އޭގެތެރެއިން ބައެއް ޤައިދީންތައް ފިލީ، ޖަލު އޮފިސަރުންގެ ހަތިޔާރުތައް އަތުލައިގެން، މައި ގޭޓު ހުޅުވަން މަޖުބޫރުކޮށްގެންނެވެ. އެ ވަގުތު ޖަލުގައި 2،000 އެއްހާ ޤައިދީން ތިބި ކަމަށާއި، ދަންވަރު ވަގުތެއް ކަމުން، ޖަލު ބަލަހައްޓަންތިބީ 28 ޖަލު އޮފިސަރުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ޕާކިސްތާނުގެ ތާރީޚުގައި މިހާ ގިނަ އަދަދެއްގެ ޤައިދީން ޖަލަކުން ފިލި ފުރަތަމަ ފަހަރެވެ.

ސިންދުގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް، ޤުލާމް ނަބީ މެމޮން ވިދާޅުވީ، ޖަލުން ފިލި ޤައިދީންގެ ތެރެއިން މިހާތަނަށް 78 ޤައިދީއަކު އަތުލައިގަނެވިފާއިވާ ކަމަށެވެ. އަދި ދެން ތިބި ޤައިދީން ހޯދުމަށް ވަރުގަދަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ޖަލުގައި ގިނައިން ތިބީ، މަސްތުވާތަކެތީގެ ކުށްތަކުގައި ތިބި ޤައިދީން ކަމަށާއި، އެ އެންމެންގެ މައްޗަށް ނިރުބަވެރި ޙަމަލާއެއް ދިނުމުގެ ދަޢުވާ ކުރުމުގެ ފުރުޞަތު މިހާރު އޮންނާނެ ކަމަށެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނަށް ކުރަމުން އަންނަ ވިއްސާރައިގައި 300 އަށްވުރެ ގިނަ މީހުން މަރުވެއްޖެޚަބަރު | 2 ދުވަސް ކުރިންޕާކިސްތާނުގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވީ ޙާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | 3 ދުވަސް ކުރިންޖަލުން ފިލި ޤައިދީންތައް އަތުލައިގަތުމަށް ޕާކިސްތާނުގައި ވަރުގަދަ އޮޕަރޭޝަނެއް ދުނިޔެ | 3 މަސް ކުރިންޕާކިސްތާނުގެ ރޭލަކުން ރަހީނުކުރި މީހުން ސަލާމަތްކޮށްފި ޚަބަރު | 5 މަސް ކުރިން