logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވޮލީބޯޅަ ރެފްރީސް ކޯސް 10 ބައިވެރިއަކު ފުރިހަމަކޮށްފި

އަބްދުﷲ ޣާނިމް
4 ޖޫން 2025 - 10:06
ވޮލީބޯޅަ ރެފްރީސް ކޯސް 10 ބައިވެރިއަކު ފުރިހަމަކޮށްފި

ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަމްރީނުކޮށް، ކުރިއެރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ވޮލީބޯލް ރެފްރީން ތަމްރީނުކޮށް، ސެޓްފިކްޓް ހަވާލުކޮށްފިއެވެ.

މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި ގުޅިގެން މެއި 24 އިން ޖޫން 2 ގެ ނިޔަލަށް މާލެ ސިޓީގައި ހުންނަ އެމްއެންއައިއެސްގެ ސެމިނާ ރޫމުގައި ކުރިއަށް ގެންދިޔަ މި ކޯހުގެ ބައިވެރިންގެ ތެރެއިން 10 ބައިވެރިއަކު ވަނީ ކޯސް ފުރިހަމަކޮށް، ސެޓްފިކްޓް ހާސިލްކޮށްފައެވެ. މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުލް ރައްޒާގު އިބްރާހީމެވެ. އަދި މި ރަސްމިއްޔާތުގައި ވީއޭއެމްގެ ނައިބު ރައީސް ޝިޔާމް އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން ބައިވެރިންނާއި މުހާތަބުކުރައްވައި ސްޓޭޓް މިނިސްޓަރ ރައްޒާގު ދެއްކެވި ވާހަކަފުޅުގައި ވަނީ ކޯހުން ހޯދި ސެޓްފިކެޓްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާފައެވެ.

"ސެޓްފިކެޓަކީ ގޭގައި ބާއްވާ އެއްޗަކަށްވުރެ ބޮޑަށް ވޮލީގެ މައިދާނަށް ނިކުމެ ވަޑައިގެން ތިބޭފުޅުން އައު ޖީލެއް ބިނާކޮށްދެއްވުމަކީ އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަސް."

މި ކޯހުގައި ކިޔަވައިދެއްވީ ވޮލީބޯލް ރެފްރީސް ކޮމިޝަންގެ ޗެއަރޕާސަން ހުސެއިން ހަމީދެވެ.

އެމްއެންއައިއެސް އިން އަންނަނީ ތަފާތު އެކި ކުޅިވަރުގެ ރޮނގުން ޒުވާން ކޯޗުންނާއި ރެފްރީން ތަމްރީނު ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަހިބަދޫގައި ފުޓްބޯޅަ އާއި ފުޓްސަލް ރެފްރީ ކޯހެއް ފަށަނީޚަބަރު | 2 ދުވަސް ކުރިން ކުރިނބީގައި ހަދާ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފިޚަބަރު | 2 މަސް ކުރިންފިނޭގައި ހަދާ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފިޚަބަރު | 2 މަސް ކުރިންވޮލީބޯޅަ ރެފްރީސް ކޯސް 10 ބައިވެރިއަކު ފުރިހަމަކޮށްފި ކުޅިވަރު | 5 މަސް ކުރިން