logo
Bank of Maldives

Bank of Maldives

ކުޅިވަރު

މޮޑްރިޗް އޭސީ މިލާނަށް، ޗެންޕިއަންސް ލީގުގައި ރެއާލް އާއި ދެކޮޅަށް ނުކުޅޭނެ

އަބްދުﷲ ޣާނިމް
5 ޖޫން 2025 - 04:30
މޮޑްރިޗް އޭސީ މިލާނާއެކު އެއް އަހަރުދުވަހުގެ އެއްބަސްވުމެއް ހަދާނެކަމަށް ބެލެވޭ.
މޮޑްރިޗް އޭސީ މިލާނާއެކު އެއް އަހަރުދުވަހުގެ އެއްބަސްވުމެއް ހަދާނެކަމަށް ބެލެވޭ.

ރެއާލް މެޑްރިޑްގެ ލެޖެންޑަރީ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އަންނަ ސީޒަނުގައި އިޓަލީގެ ސެރީއާގެ އޭސީ މިލާނަށް ބަދަލުވުމަށް އެއްބަސްވެފައިވާކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

13 އަހަރު ދުވަހުގެ ފަހުން ރެއާލް މެޑްރިޑް ދޫކޮށްލަން މޮޑްރިޗް ނިންމާފައިވާއިރު، އަންނަ ސީޒަނުގައި އޭސީ މިލާނަށް ބަދަލުވުމަށް ކުރަން ޖެހޭ ކަންކަން މިހާރު ވަރަށް ބާރަށް ކުރިޔަށްދާކަމަށް ރިޕޯރޓްތައް ބުނެއެވެ. މިލާނުން އޭނާއަށް ހުށަހަޅާފައިވަނީ އަހަރަކު 3.5 މިލިއަން ޔޫރޯގެ މުސާރައެކެވެ. މިއީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށްވާއިރު، ދެފަރާތުން އެއްބަސްވާނަމަ 2027 ވަނަ އަހަރާ ހަމައަށް އިތުރުކުރެވޭނެ ގޮތަށް ހުށަހަޅާފައިވާ އެއްބަސްވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation


މީގެއިތުރުން ލޫކާ މޮޑްރިޗް އޭސީ މިލާނަށް ކުޅުނުނަމަވެސް، އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގުގައި އޭނާ ރެއާލް އާއި ދެކޮޅަށް އޭސީ މިލާން ކުޅެންޖެހިއްޖެނަމަ، އެމެޗުގައި އޭނާ ނުފެންނާނެކަމަށް ފަބްރީޒިއޯ ވަނީ ރިޕޯރޓްކޮށްފައެވެ. ރެއާލް މެޑްރިޑްގެ ތާރީޚުގައި އެންމެ ކާމިޔާބު އަދި އެންމެ ގިނަ ތަށިހޯދި މޮޑްރިޗް މިގޮތަށް ނިންމާފައިވަނީ ރެއާލް އަށް އިޙުތިރާމް އަދާކުރުމުގެ ގޮތުންކަމަށް ބުނެއެއެވެ.

މިވަޤުތު ކޮރޮއޭޝިއާގެ ޤައުމީ ޓީމާއެކު ޓްރެއިންނިންގައި ހުރި މޮޑްރިޗް ރެއާލްގެ ޖޯޒީގައި އެންމެ ފަހުން ކުޅޭނެ މުބާރާތަކީ މިމަހުގެ 14ގައި ފަށާ ކުލަބު ވޯލްޑްކަޕެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޮރީނިއޯ އެނބުރި ރެއާލް މެޑްރިޑްއަށް ގެންނަށް ޕެރޭޒް މަސައްކަތްކުރަނީކުޅިވަރު | 2 ދުވަސް ކުރިންފަހުވަގުތު ބައިކޮޅަށްވަތްގޯލާއެކު ރެއާލް މެޑްރިޑުން ލަލީގާ ތަބަކަށްލާފައި ބާސާއަށްދީފިކުޅިވަރު | 6 ދުވަސް ކުރިންހަތަރު މެޗަށްފަހު ރެއާލް މެޑްރިޑް މެޗަކުން މޮޅުވެއްޖެކުޅިވަރު | 9 ދުވަސް ކުރިންރެއާލް އުލު ބޭނދުމަށްފަހު ބަޔާން ސެމީއަަށް، ރެއާލް ޖެހިޖެހިގެން ހުސްއަތާ ދެވަނަފަހަރަށް ސީޒަން ނިންމާލައިފިކުޅިވަރު | 15 ދުވަސް ކުރިން