logo
Bank of Maldives

Bank of Maldives

ރިޕޯޓް

މުޅި ރާއްޖޭގައި ކުލަގަދަކޮށް އީދު ފާހަގަކުރުން: އެއްބައިވަންތަކަމާއި އެކުވެރިކަން އާލާވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ޖޫން 2025 - 15:15
އީދު ފާހަގަކުރުން:  އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ވެއްޖެ

ލިޔުނީ: ހުސައިން މިޝުއަލް

މިއަހަރުގެ އަޟުހާ އީދު ފާހަގަކުރުމުގައި މުޅި ރާއްޖޭގައި ކުރިން ނުދެކޭފަދަ ފޯރިއެއް ފެންނަމުންދާއިރު، މި އުފާވެރި ދުވަސްތަކުގައި ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން އާ ފެންވަރަކަށް އާލާވެފައިވާކަން ފާހަގަކުރެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގިނަ ރަށްރަށުގައި މިފަހަރުގެ އީދު ފާހަގަކުރަނީ ވަރަށް ކުލަގަދަކޮށް، ކުރީގެ އަހަރުތަކާ އަޅާބަލާއިރު މާ ބޮޑު ސްކޭލެއްގައެވެ. ބޭންޑްތަކާއި ނަށާ ގްރޫޕްތައް ރަށުން ބޭރުން ގެނެސް، ސަގާފީ ހަރަކާތްތަކާއި، ފެންކުޅި އަދި އެހެނިހެން ގިނަ ހަރަކާތްތައް ރާވާފައިވެއެވެ. މި ހަރަކާތްތަކުގައި ރަށުގެ ހުރިހާ އާއިލާތަކެއް ބައިވެރިވެ، ރަށުވަންތަ ރޫހު އާލާކުރަމުންދާކަން ފާހަގަކުރެވެއެވެ.

"މިއަހަރުގެ އީދަކީ ހަގީގަތުގައިވެސް ވަރަށް ޚާއްޞަ އީދެއް. އަޅުގަނޑުމެންގެ އާއިލާއާއި އެކުވެރިން އެއްތަނަކަށް ޖަމާވެ، އެކުގައި މި އުފާވެރި ދުވަސްތައް ފާހަގަކުރަން ލިބުނު ވަރަށް އަގުހުރި ފުރުޞަތެއް" މާލެއިން އަތޮޅުތެރެއަށް އީދު ހޭދަކުރަން ގޮސްފައިވާ ޢާއިޝަތު ރިޝްފާ ބުންޏެވެ.

މާލެއިން ވަރަށް ގިނަ ބަޔަކު އީދު ހޭދަކުރުމަށް ރަށްރަށަށް ދަތުރުކޮށްފައިވާއިރު، ރަށްރަށުގައި ތިބި ރައްޔިތުންވެސް ވަނީ ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް އުފަލާއެކު މަރުހަބާ ކިޔާފައެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ޤައުމީ އެއްބައިވަންތަކަން އާލާވާނެއެވެ.

ރަށްރަށުގެ ކައުންސިލްތަކާއި ޖަމްޢިއްޔާތައް މި ހަރަކާތްތައް ރޭވުމުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެފައިވާއިރު، ސަރުކާރުގެ ފަރާތުންވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަށްރަށުގައި އީދު ފާހަގަކުރުމުގެ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން، ރަށްރަށް ދިއްލުމަށް ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދެއްވާފައެވެ.

"މިއަހަރުގެ އީދު ފާހަގަކުރުމުގައި ފެންނަމުންދާ އެއްބައިވަންތަކަމާއި އެކުވެރިކަމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއް. މި ރޫހު ދެމެހެއްޓުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެއް," ރައީސް މުޢިއްޒު ވިދާޅުވެފަވެއެވެ.

މި އަހަރުގެ އީދު ފާހަގަކުރުން މިހާ ކުލަގަދަވެފައިވަނީ ފާއިތުވީ އަހަރުތަކުގައި ރާއްޖޭގެ ބަޔެއް ރަށްރަށުގައި އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ގެންގޮސްފައި ވާތީވެ، އެހެން ރަށްރަށުންވެސް އިހު ފޯރި ގެންނަން މިކަން ފެށުމުންނެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފާވެރިކަމާއި އެކުވެރިކަން އިތުރުވެ، ޤައުމީ އެއްބައިވަންތަކަން ވަރުގަދަވާނެ ކަމަށް އުއްމީދު ކުރެވެއެވެ.

"މިއީ އަޅުގަނޑުމެންގެ ސަގާފަތާއި އާދަކާދަތައް އާލާކޮށް، ދިރުވުމަށް ލިބުނު ރަނގަޅު ފުރުޞަތެއް. އަޅުގަނޑުމެންގެ ކުދިންނަށް އަޅުގަނޑުމެންގެ ކާބަފައިންގެ އާދަކާދަތައް ދަސްކޮށްދިނުމަށް މިއަށްވުރެ ރަނގަޅު ވަގުތެއް ނޯންނާނެ," ފ.މަގޫދޫ ކައުންސިލް މެންބަރެއް ކަމުގައިވާ މުޙަންމަދު ޞަބީހް ވިދާޅުވިއެވެ.

އީދުގެ މި އުފާވެރި މާޙައުލުގައި، ގިނަ ރަށްރަށުގައި ޒުވާނުންނާއި ދޮށީ އުމުރުގެ މީހުން އެއްތަނަކަށް ޖަމާވެ، އެކުގައި ހަރަކާތްތަކުގައި ބައިވެރިވަމުންދާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އިޖްތިމާޢީ އެއްބައިވަންތަކަން އިތުރުވާނެކަމަށް ބެލެވެއެވެ.

"މިއަހަރުގެ އީދުގައި އަޅުގަނޑުމެންގެ މުޅި އާއިލާ އެއްތަނަކަށް ޖަމާވެ، އެކުގައި ވަގުތު ހޭދަކުރަން ލިބުނު ފުރުޞަތު ވަރަށް އަގުހުރި. މިއީ އަޅުގަނޑުމެންގެ ދަރިންނަށާއި، ކާފަ ދަރިންނަށް ދިވެހި އާދަކާދަތައް ދަސްކޮށްދިނުމަށް ލިބުނު ރަނގަޅު ފުރުޞަތެއް," މާލޭގައި ދިރިއުޅޭ ފާޠިމަތު ނަޞީރު ވިދާޅުވިއެވެ.

މި އަހަރުގެ އީދު ފާހަގަކުރުމުގައި ފެންނަމުންދާ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫޙަކީ ކުރިއަށް އޮތް ތަނުގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި ދަމަހައްޓަންޖެހޭ ކަމެއްކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ދިވެހި މުޖުތަމަޢުގެ އެއްބައިވަންތަކަން އިތުރުވެ، ޤައުމީ ތަރައްޤީއަށް މަގުފަހިވާނެކަމަށް ބެލެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީދު ފާހަގަކުރުން: އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ވެއްޖެރިޕޯޓް | 9 މަސް ކުރިންއިސްލާމް ދީނުގެ ހުދޫދުގެ ތެރޭގައި އީދު ފާހަގަކުރުމަށް އެދިއްޖެޚަބަރު | 9 މަސް ކުރިންޢީދު އުފާ ފާޅުކުރުމުގައި އެންމެ ހެޔޮ ގޮތަކީ ނަބަވީ ހިދާޔަތަށް ތަބާވުން: ޝަހީމްޚަބަރު | 9 މަސް ކުރިންމިފަދަ އީދެއް ނާދޭ، ރައްޔިތުންގެ މޫނު މަތިން އުފަލާ ހިއްހަމަ ޖެހުން!ރިޕޯޓް | އަހަރެއް ކުރިން