logo
Bank of Maldives

Bank of Maldives

ޚަބަރު

ދ. ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހުސައިން ވަސީމް
5 ޖޫން 2025 - 15:26
ދ. ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ދ. ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

ދ. ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުންމިހާރު ކުރިއަށް ދަނީ އެއްގަމު ތޮށީގެ މަސައްކަތެވެ. މި މަޝްރޫޢުގައ،ި 103,122 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއ،ި 5,545 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއ،ި 180 މީޓަރުގެ ބޭރުތޮއްޓެއް ލުމާއ،ި 372 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ހަމަޖެހިފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން 115 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 70 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއ،ި 90 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި 2,265 އަކަ މީޓަރުގެ ޕޭވްމެންޓެއް ހެދުމާއ،ި ބަނދަރު ބައްތި އާއި މޫރިންގް ބޯއީސް ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

Screenshot 2025-06-05 203559.png

 

މި މަޝްރޫއަކީ 83.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ރަށުގައި ދިރިއުޅޭ ފަރާތްތަކާއި ޒިޔާރާތްކުރާ ފަރާތްތަކަށްވެސް ދިމާވާ އެންމެ ބޮޑު ދައްޗަކީ ބަނދަރުގެ ދަތިކަމެވެ.

ކުޑަހުވަދޫ ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުން ކަންނެލި އޮޑިތަކާއ،ި މީހުންނާއި މުދާ އުފުލާ ބޯޓުތަކާއ،ި ލޯންޗުތަކާއި އަދި ޑިންގީތައް ބަނދަރުގައި އަޅާފައި ބޭއްވުމުން ބަނދަރު އޮންނަނީ ވަރަށް ބޮޑަށް ބާރުބޮޑުވެ ތޮއްޖެހިފައެވެ. ނަމަވެސ،ް ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ނިމުމާއެކު ދަތުރުފަތުރާއި އަދި އިޤްތިސޯދީ ގޮތުން ކުޑަހުވަދޫ ރައްޔިތުންނަށް އެތައްގޮތަކުން ފައިދާ ކުރަނެ ކަމާށް އެމްޓީސީސީން ބުނެއެވެ.

Screenshot 2025-06-05 203618.png

 

ގާތް ގަނޑަކަށް 4 ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ކުޑަހުވަދޫ އަކީ އަތޮޅުގެ ވެރިކަންކުރާ ރަށެވެ. ކުޑަހުވަދޫ ރައްޔިތުން އާންމުކޮށް މަސައްކަތް ކުރަނީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނު މަގު ސެގްމަންޓް 5 ގެ މުހިންމު މަސައްކަތްތައް ނިންމާލައިފި، އަންނަ ހަފުތާގައި ތާރު އަޅަން ފަށަނީޚަބަރު | 13 ދުވަސް ކުރިންމާލޭ ޓެކްސީ ލައިންގެ ވެބްއެޕް މެދުވެރިކޮށް، އަގު ނަގަން ފަށައިފިޚަބަރު | 18 ދުވަސް ކުރިންސުނާމީ ބިނާ ސަރަޙައްދު މަރަމާތުކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފިޚަބަރު | 21 ދުވަސް ކުރިންމަސްވެރިންގެ ޕާކް ސަރަޙައްދު ފަޅުގައި އޮތް އުޅަނދުތައް ނެގުމަށް އެމްޓީސީސީ އިން އަންގައިފިޚަބަރު | މަހެއް ކުރިން