logo
Bank of Maldives

Bank of Maldives

ކުޅިވަރު

އުޒްބެކިސްތާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

އަބްދުﷲ ޣާނިމް
6 ޖޫން 2025 - 03:49
އުޒްބެކިސްތާނުގެ ސިޓީގެ ޑިފެންޑަރ ކުސެނޯވް އިއްޔެ ކުލެވުނު މެޗުގެތެރެއިން
އުޒްބެކިސްތާނުގެ ސިޓީގެ ޑިފެންޑަރ ކުސެނޯވް އިއްޔެ ކުލެވުނު މެޗުގެތެރެއިން

2026 ވަނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕަށް އޭޝިޔާގެ ދެ ގައުމު ކަމުގައިވާ ޖޯޑަން އާއި އުޒްބެކިސްތާން ކޮލިފައިވެއްޖެ އެވެ. މިއީ މި ދެ ގައުމުވެސް ވޯލްޑްކަޕަކަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

އޭޝިޔާގެ ގަދަ ބާރެއް ކަމުގައިވާ އުޒްބެކިސްތާން އިން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ ކޮލިފައިންގެ ގްރޫޕް އޭ ގައި އިއްޔެ ޔޫއޭއީ އާއި ދެކޮޅަށް ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވުމާ ގުޅިގެންނެވެ. މި ގްރޫޕްގައި ކުޅުނު 9 މެޗުން އުޒްބެކިސްތާން ވަނީ 18 ޕޮއިންޓާއެކު ދެވަނަ މަގާމް ހޯދާފައެވެ. އެއްވަނައިގައި އޮތް އިރާން އަށް ލިބިފައިވަނީ 20 ޕޮއިންޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖޯޑަން ވޯލްޑްކަޕަށް ކޮލިފައިވެފައިވަނީ އޭޝިޔާގެ ކޮލިފައިންގެ ގްރޫޕް ބީ ގައި އިއްޔެ އޮމާން އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުން ޖޯޑަން މޮޅުވުމާއެކު އެ ޓީމަށް ވަނީ ގްރޫޕްގައި ކުޅުނު 9 މެޗުން 16 ޕޮއިންޓާއެކު ދެވަނަ މަގާމް ލިބިފައެވެ. ގްރޫޕްގެ އެއްވަނަ މަގާމް ދެކުނު ކޮރެއާއިން ހޯދާފައިވާއިރު ތިންވަނަ އަށް ގޮސްފައިވަނީ އިރާގް އެވެ.

ދުނިޔޭގެ ރޭންކިންގައި 57 ވަނައިގައި އޮތް، 36 މިލިއަން މީހުންގެ އާބާދީއެއްގެ މައްޗަށް އެކުލެވިގެންވާ އުޒްބެކިސްތާން އިން އެ ގައުމު މިނިވަންވުމަށްފަހު ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މެޗެއް ކުޅެފައިވަނީ 1992 ވަނަ އަހަރުއެވެ. އަދި 1994 ވަނަ އަހަރު އެ ގައުމުން ވަނީ ފީފާގެ މެންބަރަކަށްވެފައެވެ.

ނިމިގެންދިޔަ އޭޝިއަން ކަޕްގެ ރަނަރަޕް ޖޯޑަން އިން ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑްކަޕްގެ ކޮލިފައިންގައިވެސް ވާދަކޮށްފައެވެ. އަދި މީގެ ކުރިން އެ ގައުމަށް އެންމެ ދުރަށް ދެވިފައިވަނީ 2014 ވަނަ އަހަރުގެ އިންޓަރކޮންޓިނެންޓަލް ޕްލޭއޮފް އާ ހަމައަށެވެ. އެ ފަހަރު އުރުގުއޭ އަތުން ޕްލޭއޮފްގައި ބަލިވެ ޖޯޑަން އަށް ވަނީ ފުރުސަތު ގެއްލިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަދަބާރުން ވޯލްޑްކަޕަށް ކޮލިފައިވުމަށް ޔަހޫދީން ކުރިމަސައްކަތް ނާކާމިޔާބުވެ ވޯލްޑްކަޕުން ބޭރުކޮށްލައިފިކުޅިވަރު | 24 ދުވަސް ކުރިންސްވިޑަނަށް ޝޮކެއް. އިސާކް އާއި ގެޔޯޜކެރޭސް ގެ ޓީމަށް ވޯލްޑްކަޕް ގެއްލިދާނެކަމުގެ ބިރުކުޅިވަރު | 25 ދުވަސް ކުރިންފުޓްބޯޅައިގެ ގަދަ ދެބާރުކަމަށްވާ ބްރެޒިލް އާއި އާޖެންޓީނާ އަށް ޝޮކެއްކުޅިވަރު | 2 މަސް ކުރިންއާސެނަލްގެ މެރީނޯގެ ހެޓްރިކާއެކު ސްޕެއިނުން ތުރުކިޔޭ ހަމަބިމަށް ތިރިކޮށްފިކުޅިވަރު | 2 މަސް ކުރިން