logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނޭމާ އެނބުރި އައުމުން ބްރެޒިލް ޓީމަށް އިތުރު ކުރިއެރުމެއް ލިބޭނެ، މިސްރާބުހުރީ ރަނގަޅަށް

އަބްދުﷲ ޣާނިމް
6 ޖޫން 2025 - 03:53
ނޭމާ އަކީ ބްރެޒިލް ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ
ނޭމާ އަކީ ބްރެޒިލް ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ

ބްރެޒިލްގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަންޗޮލެއްޓީ ރޭގެ މެޗަށްފަހު ބްރެޒިލްގެ ސަޕޯޓަރުންނަށް އުއްމީދީ މެސެޖުތަކެއް ދީފިއެވެ. ރޭގެ މެޗަށްފަހު މީޑިޔާތަކާއި ވާހަކަ ދައްކަމުން ބުނެފައިވަނީ ޓީމުގެ ސުޕަރ ސްޓާރ ނޭމާ އެނބުރި އައުމުން ޓީމު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށާއި، އަދި ޓީމުގެ މިސްރާބު މިހާރު ހުރީ ރަނގަޅުދިމާލަށް ކަމަށެވެ. އެންޗެލޯޓީ ބްރެޒިލްގެ ކޯޗުކަމާއި ހަވާލުވިތާ އަދި އެންމެ ހަފްތާއެއްވެފައިވާއިރު، ކޮލިފިކޭޝަން ތާވަލުގެ ދެވަނައިގައިވާ އިކުއެޑޯގެ ދަނޑުގައި އެޓީމާއި ދެކޮޅަށް ކުޅުނު މެޗުން ރޭގައި ވަނީ އެއްވަރުވެފައެވެ.

ރޭގެ މެޗުގައި ނޭމާގެ އިތުރުން މުހިންމު ކުޅުންތެރިންކަމަށްވާ ރަފީނިޔާ އަދި ރޮޑްރީގޯއަށްވެސް އަނިޔާގެ ސަބަބުން ޓީމުން ބާކީވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ އަހަރާއި މި އަހަރު އެކި ފަހަރު މަތިން ނޭމާއަށް ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން، އޭނާ ވަނީ ފުޓްބޯޅަ މައިދާނުން ދުރުގައި ހުންނަން ޖެހިފައެވެ. ނަމަވެސް، އޭނާގެ ރިކަވަރީ ރަނގަޅަށް ކުރިއަށްދާ ކަމަށް ޑޮކްޓަރުން ބުނެފައިވާތީ، އަދި މިހާރު ދަނޑަށް އެނބުރި އައިސް ކުޅެމުންދާތީ، ގިނަ ސަޕޯޓަރުން ދަނީ އޭނާ އަވަހަށް ޤައުމީ ޓީމަށް އެނބުރި އައުމަށް އިންތިޒާރު ކުރަމުންނެވެ.

ރިޔޯ ޑި ޖެނޭރޯގެ ސަޕޯޓަރެއް ކަމަށްވާ ކާލޯސް ސިލްވާ ވިދާޅުވެފައިވަނީ، "އަންޗޮލެއްޓީ އަކީ ވަރަށް ރަނގަޅު ކޯޗެއް. އެކަމަކު ނޭމާ އައިމަ ޓީމަށް އިތުރު ބާރެއް ލިބޭނެ. އަޅުގަނޑުމެން އުންމީދު ކުރަނީ ނޭމާ އަވަހަށް ރަނގަޅުވެ، އަލުން ކުޅެން ފެށުމަށް" ކަމަށެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، ނޭމާ އެނބުރި އައުމުގެ ސަބަބުން ޓީމުގެ ޕަރފޯމަންސް އިތުރަށް ރަނގަޅުވެ، ކުރިއަށް އޮތް މުބާރާތްތަކުގައި ރަނގަޅު ނަތީޖާ ހޯދުމަށް މަގުފަހިވެގެންދާނެއެވެ. ނަމަވެސް، ނޭމާ އެނބުރި އަންނާނެ ވަކި ތާރީޚެއް އަދި ވަނީ ކަނޑައެޅިފައި ނުވާ ކަމަށް އެ ފެޑެރޭޝަނުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ބްރެޒިލްގެ ކޯޗު އެންޗޮލެއްޓީ ވިދާޅުވެފައިވަނީ، "ނޭމާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެކެއް. އޭނާ އެނބުރި އައުމުން ހަމަ ޔަޤީނުންވެސް ޓީމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ. އެކަމަކު އަޅުގަނޑުމެން މިހާރު ފޯކަސް ކުރަނީ މިހާރު ތިބި ކުޅުންތެރިންނާއެކު ވީހާވެސް ރަނގަޅަށް ކުޅުމަށް" ކަމަށެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނު ކަމުގައި ގިނަބަޔަކު ޤަބޫލުކުރާ ފަސްތަރީގެ ބްރެޒިލްއަށް ފަހުގެ ތާރީޚުގައި ބޮޑެތީ މުބާރާތް ތަކުގައި މާބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރެވިފައެއް ނުވެއެވެ، ބްރެޒިލް އެންމެ ފަހުން ވޯލްޑް ކަޕް 2002 ގައި ކާމިޔާބުކޮށްފައިވާއިރު، 2019 ވަނަ އަހަރުގައި ބްރެޒިލް ވަނީ ކޮޕާ އެމެރިކާ ކާމިޔާބުކޮށްފައެވެ.

ފުޓްބޯޅައިގެ ތާރީޚުގައި ގިނަ ތަރިންތަކެއް އުފައްދާފައިވާ ބްރެޒިލްގެ ތާރީޚުގައި އަލަށް ޤައުމުން ބޭރު ކޯޗެއް ޢައްޔަންކޮށްފައިވާއިރު، ޓީމުގެ އަމާޒުހުރީ އަންނަ އަހަރުގައި އެމެރިކާގައި ބާއްވާ ވޯލްޑްކަޕްގެ ތަށި 24 އަހަރުފަހުން ކާމިޔާބުކުރުމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހަތުން އަރައި ތިން ގޯލުޖަހައި ވަރުގަދަ ބްރެޒިލް ބަލިކޮށް ޖަޕާނު ތާރީޚުގެ ތެރެއަށްކުޅިވަރު | 7 ދުވަސް ކުރިންބްރެޒިލް ފަސޭހަކަމާއެކު މޮޅުވިއިރު، މެސީ އާޖެންޓީނާގައި ކުޅޭ އެންމެ ފަހުމެޗުގައި މޮޅުކުޅުންތެރިޔާކަމަށްކުޅިވަރު | 2 މަސް ކުރިންބްރެޒިލްގެ ސްކޮޑް އިޢުލާން ކޮށްފި، ނޭމާ އާއި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަކަށް ޖާގައެއް ނެތްކުޅިވަރު | 2 މަސް ކުރިން2026 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ބްރެޒިލްއަށް ބައިވެރިވެވިދާނެކަމާމެދު ސުވާލުއުފެދިއްޖެކުޅިވަރު | 3 މަސް ކުރިން