އަޟްޙާ އީދުގެ ނަމާދު މުޅި ރާއްޖޭގައި ބޮޑު ޖަމަާއަތުގައިކޮށްފި
6 ޖޫން 2025 - 04:00
.jpeg&w=3840&q=75)
އަޟްޙާ އީދުގެ ނަމާދު މުޅި ރާއްޖޭގައި ބޮޑު ޖަމަާއަތުގައިކޮށްފިއެވެ.
އަރަފާތު ދުވަހަށްފަހު މުސްލިމުން އުފާފާޅުކުރުމަށް އަންނަ ފިޠުރު އީދު ނަމާދު މުޅި ރާއްޖޭގެ ބޮޑު ޖަމާއަތުގައި ކޮށްފިއެވެ. މިއަހަރުގެ އަޟްހާ އީދު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ މައިދާންތަކުގައާއި މިސްކިތްތަކުގައި ވަނީ ކޮށްފައެވެ.

Ad by Hajj Corporation
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިބްރާހީމް މިވަގުތު ހުންނެވީ މައްކާގައި ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގެންނެވެ. އެހެންނަމަވެސް، ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފްވަނި އެމަނިކުފާނުގެ އުފަން ރަށް ކަމުގައިވާ ގދ. ފަރެސްމާތޮޑާގައި ރައްޔިތުންނާއެކު އީދު ނަމާދުގައި ބައިވެރިވެ ވަޑައިގެންފައެވެ.
މާލޭގައި މާފަންނު ސްޓޭޑިއަމް، ކިންގް ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގެ ކުރެވުނު އީދު ނަމާދުގައި ގިނަ ބަޔަކު ބައިވެރިވިއެވެ. އަތޮޅުތަކުގެ ރަށްރަށުގައި ވެސް އަންހެން ފިރިހެން ގިނަ އަދަދެއްގެ ރައްޔިތުން އީދު ނަމާދުގައި ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.
އިސްލާމި ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ އީދު ނަމާދުގައި ބައިވެރިވި މީހުންގެ އަދަދު ފާއިތުވި އަހަރުތަކާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ.
ނަމާދަށްފަހު ގިނަ ރައްޔިތުން ޢާއިލާއާއި ރަޙްމަތްތެރިންނާއެކު އީދު ދުވަހުގެ އުފާ ޙިއްސާކުރަމުންދާއިރު ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އީދުގެ ހެޔޮއެދުންތައް ފޯރުކޮށްދިނުމާއެކު، މި އުފާވެރި ދުވަހުގައި އެކަކު އަނެކަކަށް އޯގާތެރިވުމަށް އިލްތިމާސްކުރައްވާފައިވެއެވެ.
ޢީދުގެ ތަޙުނިޔާ ދަންނަވައި މައްކާއިން ފޮނުއްވި މެސެޖުގައި ދިވެހި ރައްޔިތުންނަށް އީދުގެ ތަހުނިޔާ ވިދާޅުވެ ، ހައްޖުގެ އަޅުކަމުގައި ދިވެހިންނަށް ޓަކައި ދުޢާ ކުރައްވާ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އެންމެހާ ދިވެހި ރައްޔިތުންނަށް ބަރަކާތްތެރި އީދަކަށް އެދިވަޑައިގެންނެވިއެވެ.


