logo
Bank of Maldives

Bank of Maldives

ޚަބަރު

އުތުރު ތިލަފަޅު ބުރިޖު އަޅަން ޗައިނާގެ ބޭންކްއަކާއެކު މަޝްވަރާކޮށްފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
18 ސެޕްޓެމްބަރު 2024 - 08:05
އުތުރު ތިލަފަޅު -  ފޮޓޯ/ އަދަދު
އުތުރު ތިލަފަޅު - ފޮޓޯ/ އަދަދު

ތިލަފުށިން އުތުރު ތިލަފަޅަށް (ޔޫޓީއެފް) އަޅާ ބުރިޖުގެ މަސައްކަތްތަކާ މެދު، ޗައިނާގެ ބޭންކްއަކާއެކު މަޝްވަރާކޮށްފިއެވެ.

އިއްޔެ ކޮންސްޓްރަކްޝަން ވުޒާރާއިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، ތިލަފުށި- އުތުރު ތިލަފަޅު ބުރިޖުގެ ޕްރީ-ފީޒިބިލިޓީ ސްޓަޑީގެ މަސައްކަތްތައް ކުރުމަށް، ޗައިނާގެ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ)އާ އެކު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެ ބުރިޖަކީ މާލެ ސަރަހައްދުގެ އިގްތިސާދަށް ކުރިއެރުން ގެނުވާނެ މަޝްރޫއެއްކަމަށް އެ ވުޒާރާއިން ކުރި ޕޯސްޓުގައި ބުންޏެވެ.

 

ތިލަފުށި- ޔޫޓީއެފް ބުރިޖަކުން ގުޅަން ނިންމާފައިވާކަން އިއުލާންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނު އެކަން އިއުލާންކުރެއްވީ މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެދުވަހު ރައީސް ވިދާޅުވީ، އެ މަސައްކަތް 2026 ވަނަ އަހަރު ފަށައި، ތިން އަހަރުން އެ މަސައްކަތް ނިންމުމަކީ އަމާޒެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނައިފަރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 3 ދުވަސް ކުރިން20 ރަށެއްގެ ފެނާއި ނަރުދަމާ ނުލިބި އެތައް އަހަރެއް، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭނެ: މުއްތަލިބްޚަބަރު | މަހެއް ކުރިންރާއްޖޭގައި ފުރަތަމަފާހަގަކުރާ އިންޖިނިއަރުންގެ ދުވަހަށް ވަރަށްބޮޑު ތަރުހީބެއްލިބޭ : މިނިސްޓަރު މުއްތަލިބް ޚަބަރު | 2 މަސް ކުރިންތިލަފުށީގައި ލޮރީއެއްދަށުވެ މީހަކަށް ސީރިއަށް އަނިޔާތަކެއް ޚަބަރު | 2 މަސް ކުރިން