މިއަދު ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ
.webp&w=3840&q=75)

06 ޖޫން 2025 - 05:16
އަޟްޙާ ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު 16:00 އިން 18:00 އަށް ގްރޭޓަރ މާލޭގެ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ މަގުތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.
މިގޮތަށް ނިންމީ 13 ޖޫން 2024 ވީ ބުރާސްފަތި ދުވަހު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
ކޮންމެ އަހަރެއްގެވެސް ފިތުރު ޢީދު އަދި އަޟްޙާ ޢީދު މި ދެދުވަސް އެހެން ގޮތަކަށް ނިންމާފައި ނުވާކަމުގައިވާނަމަ މާލޭ ސިޓީގައި ވެހިކަލް ނުދުއްވާ ވަގުތެއްގެ ގޮތުގައި ހަވީރު 16:00 އިން 18:00 އަށް ހަމަޖެއްސުމަށް މީގެ ކުރިންވެސް ވަނީ ނިންމާފައެވެ. މި ނިންމުމާއި ގުޅިގެން މިއަހަރުގެ އަޟްޙާ ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ގްރޭޓަރ މާލޭގެ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ މަގުތަކެއްގެ ގޮތުގައި ވަނީ ނިންމާފައެވެ.
މި ގަޑީގައި އެމެޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކަރ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތާއި ބެހޭ ބައިން މިއަދު ހެނދުނު 08:30 އިން 10:30 އަށް އަދި މެންދުރުފަހު 14:00އިން 15:45 އަށް ދޫކުރާނެއެވެ.
ވުމާއެކު މިއަދުހު ހަވީރު އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއްކަމުގައި އަނަގއި މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަން ސިޓީ ކައުްނސިލުންވަނީ އަންގާފައެވެ.
އިތުރު ލިޔުންތައް
މާލޭގެ ހަ އަވަށަކަށް އަމާޒުކޮށް ފަސް ދާއިރާއަކުން "ރަނި އެވޯޑް" ދެނީ
9 މަސް ކުރިން
މަރާމާތަށްފަހު މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ ހުޅުވައިފި
9 މަސް ކުރިން
ޕެލެޓްތައް ނުނަގައި ޑަސްޓްބިންތައް ނަގަން އެންގުމަކީ ހައްލެން ނޫން: މެމްބަރު ޒަމީރު
9 މަސް ކުރިން