logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބެލިންގްހަމް ބްރޫޝިއާ ޑޯޓްމަންޑްއަށް ސޮއިކޮށްފި

އަބްދުﷲ ޣާނިމް
8 ޖޫން 2025 - 17:14
ޖޫޑް ބެލިންގްހަމްގެ ކޮއްކޮ ޖޯބް ބެލިންގްހަމް
ޖޫޑް ބެލިންގްހަމްގެ ކޮއްކޮ ޖޯބް ބެލިންގްހަމް

ރެއާލް މެޑްރިޑްގެ މިޑްފީލްޑަރ ޖޫޑް ބެލިންގްހަމްގެ ކޮއްކޮ ޖޯބް ބެލިންގްހަމް ބްރޫޝިއާ ޑޯޓްމަންޑް އަށް ބަދަލުވާން ނިންމައިފިއެވެ.

19 އަހަރުގެ ހުނަރުވެރި ކުޅުންތެރިޔާ ޖޯބް ބެލިންގްހަމް ޖަރުމަނުގެ ޑޯޓްމަންޑަށް ބަދަލުވާން ނިންމާފައިވާކަން ފަބްރީޒިއޯ ރޮމާނޯ ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މި ޓްރާންސްފަރ ގެ އަގަކީ 33 މިލިއަން ޔޫރޯއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގައި އިތުރު 5 މިލިއަން ޔޫރޯގެ އެޑް-އޮންތަކާއި، 15 ޕަސެންޓްގެ ސެލް-އޮން ކްލޯޒްއެއް ހިމެނެއެވެ. ދެ ކްލަބުން އަދި ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް، މި ޑީލް ވަނީ ނިމުމަކާ ހަމައަށް އައިސްފައެވެ.

ޖޯބް ބެލިންގްހަމްގެ ސޮއި ހޯދުމަށް އާރްބީ ލައިޕްޒިގް އަދި އިނގިރޭސި ވިލާތުގެ އެކި ކްލަބްތަކުން ފުރުސަތު ހުޅުވާލާފައި ވީނަމަވެސް، އޭނާ ވަނީ އޭނާގެ ބޭބެ މީގެ ދެއަހަރުކުރިން ކުޅުނު ކުލަބުކަމަށްވާ ޑޯރޓްމަންޑް އާއި ގުޅުމަށް އެއްބަސްވެފައެވެ.

ޖޯބް ވަނީ މިދިޔަ ސީޒަނުގެ އިނގިރޭސި ދެވަނަ ޑިވިޝަނުގެ ސަންޑަރލޭންޑް އަށް ކުޅެ، ޗެންޕިއަންޝިޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ. އަދި އޭނާ ވަނީ ސަންޑަރލޭންޑް އަނބުރާ ޕްރީމިއަރ ލީގަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިއްލި ގޮށްޓެއް ހިފައިގެން ބާސެލޯނާއިން ރޮޑްރީގެ ސޮއި ހޯދަން ކުރި ފުރަތަމަ ބިޑު ބޭރުކޮށްލައިފިކުޅިވަރު | ދުވަހެއް ކުރިންހަފްތާއަކަށްވުރެ ގިނަ ދުވަހު ރެއާލްއަށް ހުވަފެން ދެއްކުމަށްފަހު، ބެލަންޑޯ އަދި ވޯލްޑްކަޕްގެ މޮޅުކުޅުންތެރިޔާ ބާސާއަށްކުޅިވަރު | 2 ދުވަސް ކުރިންޕީއެސްޖީ އާއި ލިވަޕޫލަށް ނޫނެކޭ ބުނެމަށްފަހު ޒުވާން ކުޅުންތެރިޔާ ޔާން ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ސޮއިކޮށްފިކުޅިވަރު | 2 ދުވަސް ކުރިންލިވަޕޫލުގެ ލެޖެންޑް މުޙައްމަދު ސަލާޙު ތުރުކިޔޭގެ ޓްރަބްޒޮންސްޕޯއަށްކުޅިވަރު | 4 ދުވަސް ކުރިން