logo
Bank of Maldives

Bank of Maldives

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގާ އިންޓާންޝިޕްގެ ދެވަނަ ބެޗު ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގާ އިންޓާންޝިޕްގެ ދެވަނަ ބެޗު ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެން ކުރިއަށް ގެންދާ އިންޓާންޝިޕް ޕްރޮގްރާމުގެ ދެވަނަ ވަނަ ބެޗު ފަށައިފިއެވެ.

ޖޫން މަހުގެ ދެވަނަ ދުވަހު ފެށިގެން ކުރިއަށްދާ މި ޕްރޮގްރާމަކީ 6 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ޕްރޮގްރާމެކެވެ. މި އިންޓާންޝިޕްގައި ނުކުޅެދުންތެރިކަން ހުންނަ ފަސް ފަރާތެއް ބައިވެރިވެފައިވާއިރު، މި ފަރާތްތަކަށް އާރްޑީސީގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިވެގެން ދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިންޓާންޝިޕްގެ ފުރަތަމަ ބެޗްގައި ބައިވެރިވެ ޕްރޮގްރާމު ފުރިހަމަ ކުރި އެއް ފަރާތަކަށް އާރްޑީސީއިން ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވާފައެވެ.

މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް، އެ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސް ކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ސަރުކާރު އޮފީސްތަކާއި، ކުންފުނިތަކުން އިންޓާންޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެކަމުގެ މައިގަނޑު އެއް ކަމެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިންތީގެ "ހަމަހަމަކަން ކަށަވަރު" ނިޝާން ހޯދުމަށް ހުށަހަޅަން ހުޅުވާލައިފިޚަބަރު | 11 ދުވަސް ކުރިންދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް މިފްކޯއިން ވަޒީފާ ހަމަޖައްސައިދެނީ ޚަބަރު | 3 މަސް ކުރިންގެވެށި އަނިޔާގެ 33 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފައިވޭ ޚަބަރު | 3 މަސް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގާ އިންޓާންޝިޕްގެ ދެވަނަ ބެޗު ފަށައިފިޚަބަރު | 5 މަސް ކުރިން