logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑުގެ ފުރިހަމަ ގާނޫނެއް އެކުލަވާލުމަށް އެހީތެރިވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ކަނޑުގެ ފުރިހަމަ ގާނޫނެއް އެކުލަވާލުމަށް އެހީތެރިވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސް(އެފްއޭއޯ)ގެ އޮފީހެއް ރާއްޖޭގައި ގާއިމްކޮށް މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން އެފްއޭއޯ ގެ ޑިރެކްޓާ ޖެނެރަލް ދެއްވައިފި އެވެ.

އެފްއޭއޯގެ ޑިރެކްޓާ ޖެނެރަލް މިހެން ވިދާޅުވީ ޔޫއެންއޯސީގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި މިނިސްޓަރ ޝިޔާމް ވަނީ އެފްއޭއޯގެ ޑިރެކްޓާ ޖެނެރަލް އާއި ބައްދަލުކުރައްވާ އެފްއޭއޯ އިން ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެފްއޭއޯގެ އެހީތެރިކަމާއެކު ރާއްޖޭގައި ފެށި އެންކަރޑް އެފްއޭޑީސް މަޝްރޫއު ހިންގުމަށް އެފްއޭއޯއިން ދިން އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރ ޝިޔާމް ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އެކުގައި، ގުޅިގެން މަސައްކަތް ކުރެވެންހުރި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ކަނޑުގެ ފުރިހަމަ ގާނޫނެއް އެކުލަވާލުމަށް އެހީތެރިވުމާއި، މެރިކަލްޗަރަށް އިންވެސްޓްކުރުން ފުޅާކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި އެފްއޭއޯގެ ޚާއްޞަ އޮފީހެއް ގާއިމްކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި އެވެ.

ދިވެހިރާއްޖޭގައި އެފްއޭއޯގެ އޮފީހެއް ހުޅުވާނެ ކަމުގެ ޔަގީންކަން އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލް ވަނީ ދެއްވާފަ އެވެ. އަދި ރާއްޖޭގައި މަސްވެރިކަން އިތުރަށް ކުރިއަރުވާ މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލް ދެއްވި އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ 2 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިޚަބަރު | 2 ދުވަސް ކުރިންދަނގެއްޗާއި ދިގުރަށް ކައިރީ ސްޕޯޓްސް ފިޝިން ކަނދުފައްޗެއް، އެމްޕީގެ ޝުކުރުޚަބަރު | މަހެއް ކުރިންޔޫތު އިންޓަރންޝިޕް ޕްރޮގްރާމްގެ ސްކޮލަރޝިޕް ލިބުނު ޒުވާން މަސްވެރިންނާ ވަޒީރު ބައްދަލުކުރައްވައިފިޚަބަރު | 2 މަސް ކުރިންލައިސަންސެއް ނަގައިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭ ގޮތަށް ހަދައިފިޚަބަރު | 2 މަސް ކުރިން