logoEN
ކުޅިވަރު

ޕްރީމިއަރ ލީގުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ރެކޯޑާއެކު ވަރޓްޒް ލިވަރޕޫލަށް

ލިވަރޕޫލުގެ ތާރީޚުގެ އެންމެ އަގުބޮޑު ޓްރާންސްފަރ ވަރޓްޒް

ލިވަރޕޫލުގެ ތާރީޚުގެ އެންމެ އަގުބޮޑު ޓްރާންސްފަރ ވަރޓްޒް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

11 ޖޫން 2025 - 03:54

ބަޔަރ ލެވަކޫޒަންގެ ޖަރުމަނު މިޑްފީލްޑަރ ފްލޯރިއަން ވަރޓްޒް 150 މިލިއަން ޔޫރޯއަށް ލިވަރޕޫލަށް ބަދަލުވުމަށް ދެ ކުލަބުން އެއްބަސްވެއްޖެއެވެ. މި އަގަކީ ޕްރީމިއަރ ލީގުގެ ތާރީޚުގައި އެންމެ އަގުބޮޑު ޓްރާންސްފަރ އަދި ދުނިޔޭގެ އެންމެ އަގުބޮޑު ތިން ޓްރާންސްފަރގެ ތެރޭގައި ހިމެނޭ އަގެކެވެ.

22 އަހަރުގެ ވަރޓްޒްގެ މި ޓްރާންސްފަރ އަގަކީ ޖަރުމަނު ކުޅުންތެރިއަކަށް މިހާތަނަށް ޓްރާންސްފަރ މާކެޓުގައި ހުށަހަޅާފައިވާ އެންމެ ބޮޑު އަގެވެ. މިއީ ޗެލްސީއިން އެންޒޯ ފަނާންޑޭޒް ގަތުމަށް ޚަރަދުކުރި 121 މިލިއަން ޔޫރޯ އަދި މޮއިސޭސް ކައިސެޑޯ ގަތުމަށް ޚަރަދުކުރި 133 މިލިއަން ޔޫރޯއަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

ވަރޓްޒްއަކީ 2023/24 ސީޒަންގައި ބަޔަރ ލެވަކޫޒަން ބުންޑެސްލީގާ ކާމިޔާބުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ. އެ ސީޒަންގައި އޭނާ ވަނީ 32 މެޗުން 11 ލަނޑާއި 12 އެސިސްޓް ހޯދާފައެވެ. ނިމުނު ސީޒަންގައި ވެސް އޭނާ ވަނީ 30 ބުންޑެސްލީގާ މެޗުން 10 ލަނޑާއި 13 އެސިސްޓް ހަދާފައެވެ.

ޗެމްޕިއަންސް ލީގުގައި ވެސް ވަރޓްޒް ވަނީ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައެވެ. ނުވަ މެޗުން އޭނާ ވަނީ ހަ ލަނޑާއި އެއް އެސިސްޓް ހޯދާފައެވެ. މިހާރު އޭނާގެ މާކެޓް ވެލިއު ވަނީ 140 މިލިއަން ޔޫރޯއަށް އަރާފައެވެ.

ކުރިން ބަޔަރ ލެވަކޫޒަންގެ އެންމެ އަގުބޮޑު ޓްރާންސްފަރއަކީ ކައި ހަވަޓްޒް 80 މިލިއަން ޔޫރޯއަށް ޗެލްސީއަށް ބަދަލުވި ބަދަލުވުމެވެ. ހަވަޓްޒް ފަހުން ވަނީ 75 މިލިއަން ޔޫރޯއަށް އާސެނަލްއަށް ބަދަލުވެފައެވެ. ވަރޓްޒްގެ އިތުރުން މީގެކުރިންވަނީ އާނޯލްޑްގެ ބަދަލުގައި ލެވަރކޫސަންގެ ޖެރެމީ ފްރިމްޕޮންގްގެ ސޮއި ހޯދާފައެވެ.

ކޮމެންޓް

871x217_placeholder