logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެންޗެލޯޓީގެ އުފަންދުވަހުގައި ވިނީޝިއުސްގެ ގޯލާއެކު ބްރެޒިލް ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

އަބްދުﷲ ޣާނިމް
11 ޖޫން 2025 - 04:26
މެޗުގައި ގޯލުޖެހުމަށްފަހު ވިނީޝިއުސް ކުންޔާ އާއެކު އުފާ ފާޅުކުރަނީ
މެޗުގައި ގޯލުޖެހުމަށްފަހު ވިނީޝިއުސް ކުންޔާ އާއެކު އުފާ ފާޅުކުރަނީ

އެންޗެލޯތީ ބްރެޒިލްއާއި ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް ބްރެޒިލްގައި ކުޅުނު މެޗުގައި ރޭގައި ޕެރަގުއޭ 1-0 އިން ބަލިކޮށް، ބްރެޒިލް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ. ކާލޯ އެންސެލޮޓީގެ އުފަންދުވަހުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ވިނިސިއަސް ޖޫނިއަރ ވަނީ މެޗުގެ ހަމައެކަނި ގޯލުޖަހާފައެވެ.
ފުރަތަމަ ހާފުގައި ބްރެޒިލްއިން ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނުނަމަވެސް، ދެވަނަ ހާފުގައި ޕެރަގުއޭގެ ޓީމުން ކުޅުން ރަނގަޅުކޮށް، ކޯނަރ ކިކްތަކާއި ނުރައްކާތެރި ކްރޮސްތައް އިތުރުކުރިއެވެ. ނަމަވެސް ގޯލްކީޕަރު އެލިސަން އާއި ޑިފެންޑަރުން މާކިންހޯސް އަދި އެލެކްސާންޑްރޯ ގުޅިގެން ދެއްކި މޮޅު ކުޅުމާއެކު ބްރެޒިލްއިން ވަނީ ބައިކޮޅަށް ގޯލެއް ޖެހިޔަނުދީ ޕެރަގުއޭ ހުއްޓުވާފައެވެ. މެޗުގެ ތެރޭގައި މަތެއުސް ކުންހާ އާއި ވިނިސިއުސް ވަނީ އަނިޠާގެ ސަބަބުން ދަނޑުން ބާލާފައެވެ.

ކޮލިފިކޭޝަންގައި 25 ޕޮއިންޓް ހޯދައި، އާޖެންޓީނާ އާއެކު ބްރެޒިލްވެސް ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިނީސިއަސްއާއި ނަސްލީގޮތުން ދިމާކުރި އާޖެންޓީނާގެ ކުޅުންތެރިޔާ ޕްރެސްޓިއާނީ ސަސްޕެންޑްކޮށްފިކުޅިވަރު | 13 ދުވަސް ކުރިންވިނީސިއަސްއާއި ނަސްލީ ތަފާތުކުރި މައްސަލައިއާއި ގުޅިގެން ފީފާގެ ގަވާއިދު ބަދަލުކުރަނީކުޅިވަރު | 16 ދުވަސް ކުރިންވިނީގެ ދެ ޕެނަލްޓީއާއެކު ރެއާލް ތާވަލުގެ އެއްވަނައަށްކުޅިވަރު | 22 ދުވަސް ކުރިންވިނީޝިއަސް ގެ ސޮއި ހޯދުމަށްސަޢޫދީިއިން 1 ބިލިޔަން ޑޮލަރުގެ ކޮންޓްރެކްޓެއް ހުށަހަޅަނީކުޅިވަރު | މަހެއް ކުރިން