logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބިރުދެއްކުމުގެ މައްސަލައަކާއި ގުޅިގެން ލެވަންޑޮވްސްކީ ކޯޓަށް

އަބްދުﷲ ޣާނިމް
12 ޖޫން 2025 - 07:36
ލެވަންޑޮވްސްކީ އަކީ ބާސާއަށް މިދިޔަ ސީޒަނުގައި ތިން ތަށި ނަގައިދިނުމުގައި މުހިންމު ކުޅުންތެރިއެއް
ލެވަންޑޮވްސްކީ އަކީ ބާސާއަށް މިދިޔަ ސީޒަނުގައި ތިން ތަށި ނަގައިދިނުމުގައި މުހިންމު ކުޅުންތެރިއެއް

ބާސެލޯނާގެ ސްޓްރައިކަރު ރޮބަޓް ލެވަންޑޮވްސްކީ އޭނާގެ ކުރީގެ އޭޖެންޓް ސެޒަރީ ކުޗަރްސްކީ އާއި ދެކޮޅަށް ހުށަހަޅާފައިވާ ބިރުދެއްކުމުގެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހަށް ބުދަ ދުވަހު ޕޮލެންޑުގެ ވޯސޯގެ ކޯޓަށް ހާޒިރުވެއްޖެއެވެ.

ވޯސޯ-ސްރޯޑްމީސްސީ ޑިސްޓްރިކްޓް ކޯޓަށް ހާޒިރުވި ލެވަންޑޮވްސްކީ ހައި ސެކިއުރިޓީ ދަށުން، ކޯޓަށް ވަދެފައެވެ. މިއީ ލެވަންޑޮވްސްކީ އާއި ކުޗަރްސްކީ ފަސް އަހަރު ފަހުން ފުރަތަމަ ފަހަރަށް ދިމާވި ބައްދަލުވުމެވެ. މީގެ ކުރިން އެންމެ ފަހުން ދެމީހުން ބައްދަލުވެފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހު ވޯސޯގެ ރެސްޓޯރަންޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމައްސަލައަކީ ލެވަންޑޮވްސްކީ އާއި އޭނާގެ ކުރީގެ އޭޖެންޓްއާއި ދެމެދު އުފެދުނު މައްސަލައެއްގައި އޭނާގެ އޭޖެންޓް އާއި ދެމެދު އޮތް ވިޔަފާރީގެ އެއްބަސްވުން އުވާލުމަށް މަސައްކަތް ކުރުމުން، އެކަމާއި ދެކޮޅަށް އޭޖެންޓް ލެވަންޑޮވްސްކީ ޓެކްސް އަށް މަކަރު ހަދާކަމަށް ތުހުމަތުކޮށް ބިރުދެއްކިކަމަށް ބުނެ ލެވަންޑޮވްސްކީ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަރީއަތުގެ މަޖިލީހުގައި އަޑުއެހުނު އެ ބައްދަލުވުމުގެ ރެކޯޑިންގތަކުގައި ދެފަރާތުން އެކަކު އަނެކަކާ މެދު ތުހުމަތުތަކެއް ކޮށްފައިވެއެވެ. މީގެ ތެރޭގައި ޓެކްސް ފްރޯޑް އަދި މަނީ ލޯންޑަރިންގގެ ތުހުމަތުތައް ހިމެނެއެވެ. ކުޗަރްސްކީ ވަނީ ލެވަންޑޮވްސްކީ އާއި އޭނާގެ އަނބިކަނބަލުން އަންނާ ލެވަންޑޮވްސްކާ އަތުން 20 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

ޖަޖް ލުކާޝް ޒިއޯލާ ވަނީ ލެވަންޑޮވްސްކީގެ އެދުމުގެ މަތިން، އަމިއްލަ ދިރިއުޅުމުގެ މުހިންމު ކަންކަން ހިމެނޭތީ، މި މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ގެންދިއުމަށް ނިންމާފައެވެ.

މި މައްސަލައިގެ ދެން އޮތް އަޑުއެހުން އޮންނާނީ މާދަމާއެވެ. އަދި އިތުރު ހެކިންގެ ގޮތުގައި ލެވަންޑޮވްސްކީގެ އަނބިކަނބަލުންވެސް އަންނަ ހަފްތާގައި ކޯޓަށް ހާޒިރުވާން ހަމަޖެހިފައިވެއެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލެވަންޑޯސްކީއަށް ކޭމްޕް ނޯއިން އަލްވަދާއު ކިޔައި، ބާސެލޯނާއިން ރެކޯޑަކާއެކު މޮޅުވެއްޖެކުޅިވަރު | 3 ގަޑިއިރު ކުރިންބާސެލޯނާއިން ލެވަންޑޮވްސްކީ ދޫކޮށްލަން ނިންމައި އެކަން ރަސްމީކޮށް އިޢުލާންކޮށްފިކުޅިވަރު | 2 ދުވަސް ކުރިންނެގްރެއިރާ މައްސަލައަކީ ފުޓްބޯޅައިގެ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ: ފްލޮރެންޓީނޯ ޕެރޭޒްކުޅިވަރު | 5 ދުވަސް ކުރިންބާސެލޯނާގެ ޓައިޓަލް ބަސްޕެރޭޑްގައި ޔަމާލް ފަލަސްޠީނުގެ ދިދަ އުފުލާލައި ވަރުގަދަ މެސެޖެއްކުޅިވަރު | 6 ދުވަސް ކުރިން