logo
Bank of Maldives

Bank of Maldives

ޚަބަރު

އާމްދަނީ އިތުރުވެ، ބޭރު ފައިސާގެ ރިޒާވް ރަނގަޅުވާތީ ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިންގ ދަމަހައްޓައިފި

ޝަހްޒާ މުހައްމަދު
12 ޖޫން 2025 - 09:28
އާމްދަނީ އިތުރުވެ، ބޭރު ފައިސާގެ ރިޒާވް ރަނގަޅުވާތީ ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިންގ ދަމަހައްޓައިފި

އާމްދަނީ އިތުރުވެ ބޭރު ފައިސާގެ ރިޒާވް ރަނގަޅުވެފައިވާތީ، ދުނިޔޭގެ ކްރެޑިޓްފާމް، ފިޗް އިން ރާޢްޖެއަށް ދީފައިވާ ސޮވްރިން ކްރެޑިޓް ރޭޓިން 'ސީސީ' ދަމަހައްޓައިފިއެވެ.

ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިންގ ދެމެހެއްޓި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާގެ ހަރުދަނާކަމާއި، ފައިސާއާ ގުޅޭ އިސްލާހުތަކާ ގުޅިގެން ބޭރު ފައިސާގެ ރިޒަރވް އިތުރުވެފައިވުމާއި، އިންޑިއާގެ ރިޒަރވް ބޭންކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއާ ދެމެދު ހެދިފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ހަރުދަނާ ގޮތެއްގައި ބޭނުންކުރުން ވަނީ ފިޗްގެ ރިޕޯޓުގައި ފާހަގަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފިޗް ރޭޓިންގ އާއި ގުޅިގެން ފިނޭންސަ މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ، މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް، ރާއްޖެއިން ވަނީ ޖުމްލަ 71.0 މިލިއަން އެމެރިކާ ޑޮލަރުގެ ފިސްކަލް ސާޕްލަސްއެއް ރެކޯޑުކޮށްފައެވެ. މިއީ އާމްދަނީ ހޯދުމުގެ ޕަރފޯމަންސް ރަނގަޅުވުމާއި ސަރުކާރުން ތަންފީޒުކުރި ބަޖެޓް ކޮންޓްރޯލްތަކުގެ ނަތީޖާކަމަށެވެ.

މި ނަތީޖާތަކުން ދައްކުވައިދެނީ ޒިންމާދާރު މާލީ ކަންކަމާއި ހަރުދަނާ ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓަކަށް އައިސްފައިވާ ބަދަލުކަމަށް ވެސް ބުންޏެވެ.

ފިޗުގެ ރޭޓިން ދެމެހެއްޓުމުގައި މާލީ ދެމެހެއްޓިނިކަމަށް އަޅާފައިވާ ފިޔަވަޅުތައް ވަނީ ފާހަގަކޮށްފައެވެ. މާލީ ވުޒާރާއިން ވަނީ މިމަހުގެ 5 ވަނަ ދުވަހާއި ހަމައަށް މިއަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓު 1.1 ބިލިއަން ރުފިޔާއިން އަރަނިވެފައިވާކަން ފާހަގަކޮށްފައެވެ.

24 ވަނަ އަހަރު ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައެވެ. ރާއްޖޭގެ ދަރަނީގެ ޙާލަތު އެއިރު އޮތީ ވަރަށް ގޯސްކޮށް ކަމަށް ފިޗުން ފަހަގަކުރިއެވެ. އެގޮތުން އެ ވެއްޓުމަކީ 2016 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އެންމެ ބޮޑަށް ދަށްވި ފަހަރު ކަމަށް ފިޗުގެ އެ ރިޕޯޓުގައި ބުންޏެވެ. ނަމަވެސް މިހާރު ރާއްޖޭގެ ހާލަތު ރަނގަޅުވެފައިވާތީ ފިޗުން ވަނީ ރޭޓިން ދަމަހައްޓާފައެވެ. ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިން ދަމަހައްޓާފައިވާއިރު ، ސަރުކާރުގެ އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް އިންވެސްޓްމަންޓް ރަނގަޅުކޮށް ދައުލަތުގެ ދަރަނި ދަށަށް ދާނެ މަގެއް ހޯދުންކަމުގައި ސަރުކާރުން ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ އިތުރަށް ހިލޭ އެހީ ލިބިއްޖެވިޔަފާރި | 5 ދުވަސް ކުރިންހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް ދައުލަތަށް އާމްދަނީ ލިބިއްޖެވިޔަފާރި | 5 ދުވަސް ކުރިންރާއްޖޭގެ މާލީ ނިޒާމު ވަނީ ހަމައަކަށް އެޅިފަ: އައި.އެމް.އެފް ވިޔަފާރި | 8 ދުވަސް ކުރިންފިނޭންސް މިނިސްޓަރުގެ މަގާމަށް ހަސަން ޒަރީރު އައްޔަން ކުރައްވައިފިޚަބަރު | 17 ދުވަސް ކުރިން