logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޓްރެންޓް އެލެކްސެންޑަރ-އާނޯލްޑް ރެއަލް މެޑްރިޑްގެ މެޑިކަލް ފުރިހަމަކޮށްފި

އަބްދުﷲ ޣާނިމް
12 ޖޫން 2025 - 10:10
ޓްރެންޓް ރެއާލްގެ މެޑިކަލް ފުރިހަމަ ކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން- ފޮޓޯ: ރެއާލް މެޑްރިޑް
ޓްރެންޓް ރެއާލްގެ މެޑިކަލް ފުރިހަމަ ކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން- ފޮޓޯ: ރެއާލް މެޑްރިޑް

ލިވަޕޫލްގެ ކުރީގެ ރައިޓް ބެކް ޓްރެންޓް އެލެކްސެންޑަރ-އާނޯލްޑް ރެއަލް މެޑްރިޑްގެ މެޑިކަލް ޓެސްޓުތައް ފުރިހަމަކޮށްފިއެވެ. މިއާއެކު ޑެނީ ކަރްވަހާލްގެ އިންޖަރީގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވެފައިވާ ރެއަލް މެޑްރިޑްގެ ކަނާއަތު ބެކް ޕޮޒިޝަން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

ނަމަވެސް، އެލެކްސެންޑަރ-އާނޯލްޑްގެ ޑިފެންސިވް ކުޅުމުގައި ބައެމީގެކުރިން ސުވާލުތަކެއް އުފެދިފައިވާއިރު، ޖުމްލަކޮށް އާނޯލްޑް ޓީމަށް ގެނެސްދޭ ކުރިއެރުން އެޔަށްވުރެ އިތުރުވާނެކަމަށް މާހިރުން ލަފާކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުުރުން ޔޫރަޕްގެ އެންމެ މަތީ ފަސް ލީގުގައި 40 އަށްވުރެ ގިނަ ޑިފެންސިވް ޑިއުލްތަކުގައި ބައިވެރިވެފައިވާ 25 ރައިޓް ބެކުންގެ ތެރެއިން އެލެކްސެންޑަރ-އާނޯލްޑް ހިމެނެނީ 20 ވަނައިގައެވެ. މިއީ ޑިފެންސިވް ގޮތުން އެންމެ ދަށް ފެންވަރުގެ ރައިޓް ބެކުންގެ ތެރޭގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެހެންނަމަވެސް، އެޓޭކިންގ އަދި ސެޓް-ޕީސް ހާލަތްތަކުގައި އެލެކްސެންޑަރ-އާނޯލްޑްގެ ޤާބިލުކަން ވަރަށް ބޮޑެވެ. އަދި ވިންގުން އެޓޭކް ހަދައި ޓީމަށް ގޯލުޖަހައިދިނުމަށް ފުރުސަތު ހޯދައިދިނުމުގައި އޭނާގެ ހުދައުރު ވަރަށް ބޮޑެވެ. އަދި ވޭތުވެތިޔަ ސީޒަންތަކުގައި ލިވަރޕޫލުގެ ކާމިޔާބީތަކުގައި އާނޯލްޑް ވަނީ މުހިންމު ދައުރެއް އަދާކޮށްދީފައެވެ. އަދި އޭނާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކަނާއަތު ބެކް ގެ ގޮތުގައި ގިނަބަޔަކު ދެކެއެވެ.

އާނޯލްޑް ރެއާލް މެޑްރިޑްގައި ބޭނުން ކުރާނީ 12 ނަންބަރެވެ.

އަންނަ ހަފްތާގައި ފަށާ ކުލަބް ވޯލްޑްކަޕްގެ ރެއާލް މެޑްރިޑްގެ ޓީމު ލިސްޓުގައިވެސް އާނޯލްޑް ހިމެނިފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރާންސްފަރ މާކެޓްގައި ރެއާލް މެޑްރިޑުން ބާސާ ބުލި ކުރަނީ! މިފަހަރު ކުކުރެލާ ރެއާލް މެޑްރިޑްއަށްކުޅިވަރު | 2 ދުވަސް ކުރިންލެޖެންޑަރީ ކޯޗު މޮރީނިއޯ ކުލަބާއި ރަސްމީކޮށް ހަވާލުވިކަން މެޑްރިޑުން އިޢުލާނުކޮށްފިކުޅިވަރު | 4 ދުވަސް ކުރިންރެއާލް މެޑްރިޑް އާއި ދެކޮޅަށް ބާސެލޯނާއިން އަބުރުގެ ދަޢުވާކުރަނީކުޅިވަރު | 5 ދުވަސް ކުރިންސަޕްރައިޒް ކުޅުންތެރިޔަކީ އަލްވަރޭޒް، 150 މިލިޔަން ޔޫރޯ ރެއާލް މެޑްރިޑުން ބިޑުކޮށްފިކުޅިވަރު | 7 ދުވަސް ކުރިން