logo
Bank of Maldives

Bank of Maldives

ޚަބަރު

ޖީއެސްޓީއާއި ގްރީންޓެކްސްގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެއްޖެ

އަޙްމަދު ޒަލީފް
12 ޖޫން 2025 - 15:17
ޖީއެސްޓީއާއި ގްރީންޓެކްސްގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެއްޖެ

މިދިޔަ މެއި މަހު 2.18 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ. 

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީގެ އަދަދާއި އަޅާ ބަލާއިރު %30.5 އިތުރުއަދަދެކެވެ. އަދި މިއީ މެއި މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %7.3 އިތުރު އަދަދެއްކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. 

މެއި މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ މިންވަރާ އަޅާބަލާއިރު އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އަންދަޒާކުރިވަރަށްވުރެ އިތުރުވުމާއި ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ އަދި ގްރީން ޓެކްސް ގޮތުގައި ބަލައިގަތް އާމްދަނީ އިތުރުވުމުންނެވެ.

މީގެ އިތުރުން މޭ މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރާ ބިންތަކުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުމަށްޓަކައި ބައެއް ޓެކްސް ދައްކާ ފަރާތްތަކުން ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ ފީ ދައްކާފައިވާތީ އަންދާޒާ ކުރި ޖުމުލަ އާމްދަނީއަށްވުރެ ބަލައިގަތް އާމްދަނީ އިތުރުވެފައިވާކަމަށްވެސް މިރާއިން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީރާއިން މަޢުލޫމާތުދޭ ގޮތުގައި، މިއަހަރުގެ މެއި މަހުގެ އާމްދަނީ 2024 ވަނަ އަހަރުގެ މެއި މަހާއި އަޅާބަލާއިރު އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. 

އެގޮތުން މިދިޔަ އަހަރުގެ މާރޗްމަހާއި އަޅާބަލާއިރު މިއަހަރުގެ މާރޗްމަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ %4.8 އިތުރުވެފައިވާތީ ފަތުރުވެރިކަމުގެ ދާއިރާގެ އާމްދަނީތަކަށް ކުރިއެރުން ލިބިފައިވާކަމަށް މީރާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގްރީން ޓެކުހުގެ ރޭޓް ބޮޑުކުރުމާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއަޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމާއި ގުޅިގެން މިިދިޔަމަހުގެ އާމްދަނީ އިތުރުވިކަމަށް މީރާއިން ވިދާޅުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2025 ވަނަ އަހަރު ދައުލަތުގެ އާމްދަނީ ރެކޯޑު މިންވަރަކަށް ޚަބަރު | 3 ގަޑިއިރު ކުރިންޓެކްސް ބަޔާން ހުށަނާޅާ، ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާ އިން ހާމަކޮށްފިޚަބަރު | 2 މަސް ކުރިންމާރިޗު މަހު މުދަލާއި ޚިދުމަތުގެ ޓެކުހުން ދައުލަތަށް 2.4 ބިލިއަން ރުފިޔާ ވިޔަފާރި | 2 މަސް ކުރިންދައުލަތުގެ އާމްދަނީއަށް 4.4 އިންސައްތައިގެ ކުރިއެރުމެއްޚަބަރު | 2 މަސް ކުރިން