logo
Bank of Maldives

Bank of Maldives

ޚަބަރު

ޖޭއެސްސީގައި އާންމުން ތަމްސީލްކުރާ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

އާމިނަތު ޝަފާ
13 ޖޫން 2025 - 04:13
ޖޭއެސްސީގައި އާންމުން ތަމްސީލްކުރާ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އާންމުން ތަމްސީލް ކުރައްވާ މެންބަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އާންމުން ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގައި ކުރިމަތިލުމަށް ހުޅުވާލީ މިހާރު އެ މަގާމު ފުރުއްވަމުން ގެންދަވާމެމެްބަރު ޑރ. އައިމިނަތު އުއްމުކުލްޘޫމްގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖޭއެސްސީއަށް އާންމުންގެ ތެރެއިން މެންބަރަކު އައްޔަން ކުރުމަށް ހުޅުވާލައި ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނުގައި ބުނީ ޤާނޫނުއަސާސީއާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން ޖޭއެސްސީއަށް އާންމުންގެ ތެރެއިން މެންބަރަކު ކަނޑައަޅާނީ މަޖިލީހުން ކަމަށެވެ. އެހެންވެ، އެކަމަށް އެދެން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 3ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ އުމުރުުން 30 އަހަރުވެފައިވާ ދިވެއްްސަކަށް ވުން އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ އައްޔަނުކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމެވެ. މީގެ އިތުރުން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހެއް ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކްރިމިނަލް ކޯޓުގެ ގާޒީއެއް ވަކިކުރަން މަޖިލީހަށް ހުށަހަޅަނީޚަބަރު | 22 މިނިޓު ކުރިންޖޭއެސްސީގައި އާންމުން ތަމްސީލްކުރާ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 5 މަސް ކުރިންއަޒްމިރަލްދާގެ މައްސަލައިގެ ތަހުގީގު ގެންދިޔައީ ހުރިހާ ހައްގުތަކެއް ދީގެން: ޖޭއެސްސީޚަބަރު | 8 މަސް ކުރިން