logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކުލަބު ވޯލްޑްކަޕްގައި ޓިކެޓްނުވިކިގެން ފީފާއިން ގޮތްހުސްވަނީ، ޓިކެޓްވިކިހުސްވި ހަމައެކަނި ޓީމަކަށް ރެއާލް

އަބްދުﷲ ޣާނިމް
14 ޖޫން 2025 - 03:08
ހަތަރުއަހަރުން އެއްއަހަރު ބާއްވާ ކުލަބް ވޯލްޑްކަޕް މިއަދު އެމެރިކާގައި ފަށާނެ
ހަތަރުއަހަރުން އެއްއަހަރު ބާއްވާ ކުލަބް ވޯލްޑްކަޕް މިއަދު އެމެރިކާގައި ފަށާނެ

މިއަދު އެމެރިކާގައި ފެށުމަށް ތައްޔާރުވަމުންދާ އެކްސްޕޭންޑެޑް ފީފާ ކުލަބު ވޯލްޑްކަޕްގެ ގިނަ މެޗުތަކަށް ޓިކެޓް ނުވިކި، ފީފާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މުބާރާތް މިއަދު ފަށާއިިރު ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗުތަކެއްގެ ޓިކެޓް ވިކިހުސްވެފައިވަނީ ހަމައެކަނި ރެއާލް މެޑްރިޑްގެ މެޗުތަކުގައެވެ.

ޔޫރަޕްގެ ޗެމްޕިއަންސް ޕީއެސްޖީ އަދި މެސީ ފަދަ ލެޖެންޑަރީ ކުޅުންތެރިންނާއި، މެންޗެސްޓަރ ސިޓީ އަދި ޗެލްސީ ފަދަ ޕްރިމިއަރ ލީގުގެ ވަރުގަދަ ޓީމުތައް ބައިވެރިވާ މި މުބާރާތުގެ މެޗުތަކަށް ޓިކެޓް ވިއްކުން ދަނީ ވަރަށް ދަށް މިންވަރެއްގައެވެ. ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ކުލަބް ވޯލްޑްކަޕްގައި މެޗުތަކުގެ ޓިކެޓްތައް ހުރީ އަތްނުފޯރާފަށުގައެވެ. ނަމަވެސް މެޗުތަކުގެ ޓިކެޓް ނުވިކިގެން ފީފާއިން މިހާރު ވަނީ ދެފަހަރެއްގެ މަތީން ޓިކެޓްތަކުގެ އަގު ހެޔޮކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅޭ ރެއާލް މެޑްރިޑް އަދި އަލް ހިލާލްގެ މެޗަށް ލިބުނު ތަރުހީބާ ޚިލާފަށް، މިއަދު ކުޅޭ މުބާރާތުގެ ހުޅުވާ މެޗަށް ލިބެމުންދަނީ ވަރަށް ފިނި ތަރުހީބެކެވެ. މުބާރާތް ހުޅުވާމެޗުގައި ވާދަކުރަން ހަމަޖެހިފައިވަނީ މެސީގެ އިންޓަރ މަޔާމީ އާއި މިސްރުގެ އަލް އަހްލީއެވެ.

މެސީގެ ސަބަބުން އާންމުކޮށް ލިބޭ ޝައުގުވެރިކަމާއި، ފުރަތަމަ މެޗަކަށްވުމުގެ ސަބަބުން ލިބެންޖެހޭ ސަމާލުކަން ވެސް މި މެޗަށް ލިބެމުން ނުދެއެވެ. "ދި އެތްލެޓިކް" އިން މި ހަފްތާގައި ރިޕޯޓުކުރި ގޮތުގައި ޓިކެޓުތަކުގެ އަގުތައް މަތިވުމާއި، މުބާރާތާ ގުޅޭ ގޮތުން އޮޅުންތަކެއް ހުރުމުގެ ސަބަބުން އިޖިޕްޓްގެ ޗެމްޕިއަންސް އާ ކުޅޭ މެޗަށް ޓިކެޓް ވިއްކުން ދަނީ ވަރަށް ދަށް މިންވަރެއްގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަނެއްކާވެސް ސުވާލުއުފެދޭ ބޮޑެތި ނިންމުންތަކާއެކު އެތުލެޓިކޯ އިން ރެއާލް މެޑްރިޑް ބަލިކޮށްފިކުޅިވަރު | 11 ގަޑިއިރު ކުރިންކަރުތާފެނުގައި އޮތް މެޑްރިޑް ފަހުވަގުތު އަނެއްކާވެސް ސަލާމަތްވެއްޖެކުޅިވަރު | 5 ދުވަސް ކުރިންމަގާމާއި ފައިސާގެ ނާޖާއިޒު ފައިދާ ނެގި މައްސަލައިގައި ބައްސާމް އަދި ކަސެލް އުމުރަށް ސަސްޕެންޑްކޮށްފިޚަބަރު | 9 ދުވަސް ކުރިންއިންޓަރ ނިދާފައި ތިއްބާ ރެއާލްއިން ފުރުސަތުގެ ބޭނުންހިފައި މޮޅުވެއްޖެކުޅިވަރު | 12 ދުވަސް ކުރިން