logo
World

ހަނގުރާމައިގެ ފުރަތަމަ މައިދާނަކީ މިހާރު އީރާން - ޔަހޫދީން

އަޙްމަދު ޒަލީފް
14 ޖޫން 2025 - 14:14
ހަނގުރާމައިގެ ފުރަތަމަ މައިދާނަކީ މިހާރު އީރާން - ޔަހޫދީން

ހަނގުރާމައިގެ ފުރަތަމަ މައިދާނަކީ އީރާން ކަމަށާއި، ފަލަސްތީންގެ ޣައްޒާ އަކީ މިހާރު ދެވަނަ ދަރަޖައިގެ މައިދާނެއް ކަމަށް އިސްރާއީލުން ބުނެފިއެވެ.

އީރާނުން ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތައް ދީފައި ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމާ ދެކޮޅަށް ޔަހޫދީން ވަރުގަދަ ޙަމަލާތަކެއް ދީފައި ވަނިކޮށެވެ. އަދި އެ ޙަމަލާތަކުގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޣާރީއާއި އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރު ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ އަސްކަރީ ވެރިން ޝަހީދު ކޮށްލައިފައިވަނިކޮށެވެ. 

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލުގެ ވައިގެ ބާރުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިރާނުގެ 150 އަމާޒަކަށް ހަމަލާ ދީފައިވާ ކަމަށް ސިފައިންގެ މަސްދަރުތަކުން ބުނެއެވެ. އަދި އިރާނުގެ ވެރިރަށް ތެހެރާނަށް ދަތުރުކުރުމަށް ރައްކާތެރި މަގެއް ހެދިފައިވާ ކަމަށާއި، އެ ސަރަހައްދުގެ މަތީގައި މިނިވަންކަމާއެކު އޮޕަރޭޓްކުރެވޭ ކަމަށް ވެސް އައިޑީއެފްއިން ބުނެފައިވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނާ ގޮތުގައި އިރާނުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތަކުން ޔަހޫދީ ދައުލަތަށް ނުރައްކަލެއް ކުރިމަތިވެފައިވާތީ، އެމެރިކާގެ އެހީތެރިކަމެއް ނެތި ނަމަވެސް އިރާނަށް ހަމަލާ ދިނުމަށް ވަނީ އަމުރުކޮށްފައެވެ.

ޔަހޫދީންނާ ދެކޮޅަށް އީރާނުން ވަނީ އެތައް ސަތޭކަ މިސައިލު ޙަމަލާ ދީފައެވެ. އެ ޙަމަލާތައް ދީފައި ވަނީ ‘އޮޕަރޭޝަން ޓްރޫ ޕްރޮމިސް’ގެ ނަމުން ނަން ދީފައިވާ ޚާއްޞަ ޙަރަކާތެއްގެ ދަށުންނެވެ.

ތިން ފަހަރެއްގެ މަތިން ދިން ޙަމަލާތަކުގައި ބައެއް މިސައިލު ޙަމަލާ ދީފައި ވަނީ އީރަނުގެ ސަބްމެރިންތައް ބޭނުން ކޮށްގެންނެވެ. އެ ޤައުމުގެ އިންޤިލާބީ ފައުޖުން ބުނީ މިސައިލް ޙަމަލާ އަމާޒު ކޮށްފައިި ވަނީ އަސްކަރީ މަރުކަޒުތަކާއި ވައިގެ މަރުކަޒުތައް ހިމެނޭ ގޮތަށް ކަމަށެވެ.

ޔަހޫދީން ވަނީ އީރާނުން ދިން މިސައިލު ޙަމަލާގައި ލިބުނު ގެއްލުންތަކުގެ ފޮޓޯ ނެގުން މަނާ ކޮށްފައެވެ. އަދި އާންމުން ރައްކާތެރި ބިނާތަކުގައި މަޑުކުރުމަށް ވެސް ވަނީ އަންގާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންގެ ރަށްތަކުގައި ބޮޑެތި އެއްވުންތަކެއް، ގޮވަމުން ދަނީ އަސީރުން މިނިވަން ކުރުމަށްދުނިޔެ | 16 ދުވަސް ކުރިންނަތަންޔާހޫ ރުޅިގަދަވެއްޖެ؛ "ހަމަ މިހާރު މުޒާހަރާތައް ހުއްޓާލާ" ދުނިޔެ | 17 ދުވަސް ކުރިންމުޅި ޣައްޒާ ހިފުމަށް ޔަހޫދީ ފައުޖުގެ ވެރިޔާވެސް ދެކޮޅު ދުނިޔެ | މަހެއް ކުރިންޣައްޒާގައި ދިރިއުޅޭ 2.2 މިލިއަން މީހުން ތިބީ ހައިހޫނު ކަމުގައި ދުނިޔެ | މަހެއް ކުރިން