logo
MPL

MPL

ޚަބަރު

ވޭމަންޑޫ ގޮނޑުދޮށަށް ބޮޑުމަހެއް ލައްގައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ޖޫން 2025 - 15:38
ވޭމަންޑޫ ގޮނޑުދޮށަށް  ބޮޑުމަހެއް ލައްގައިފި

ތ. ވޭމަންޑޫ ގޮނޑުދޮށަށް މިއަދު ހެނދުނު ބޮޑު މަހެއް ލައްގައިފިއެވެ.

މި މަސް ފެނުނީ މިއަދު ހެނދުނު ގޮނޑުދޮށުގައި ހިނގާލަން ދިޔަ ބަޔަކަށެވެ. ފެނުނުއިރު އެ މަސް އޮތީ މަރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މަސްލައްގާފައިވާ ފޮޓޯ އާއި ވީޑިއޯ މީހަކު ފޭސްބުކްގައި ވަނީ ޕޯސްޓްކޮށްފައެވެ. ފޮޓޯއާއި ވީޑިއޯއިން ފެންނަގޮތުގައި އެއީ ޕައިލެޓް ވޭލް ކިޔާ ބާވަތުގެ ބޮޑުމަހެކެވެ.

އެ ބޮޑުމަހުގައި ވިއްސަކަށް ފޫޓު ހުރިކަމަށް ވެއެވެ. މި މަސް މިހާރު ވަނީ ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކު، ޑިންގީއެއްގައި އައްސައިގެން ކަނޑަށް ބޭރުކޮށްފައެވެ.

 

Sand Brow - Veymandoo ah lahvefa vaa pilot whale eh

Sand Brow - Veymandoo ah lahvefa vaa pilot whale eh

 

ޕައިލެޓް ވޭލްއަކީ ގްލޯބިސެފަލާ ޖިންސަށް ނިސްބަތްވާ، ކޯމަހުގެ އެންމެ ބޮޑު އެއް ބާވަތެވެ. މި ޖަނަވާރުތަކަކީ ވިސްނުންތޫނު އަދި އިޖުތިމާއީ ގޮތުން ވަރުގަދަ ގުޅުންތަކެއް ބާއްވާ ބާވަތެކެވެ. އާންމުކޮށް މި ބާވަތުގެ އަންހެން ވޭލްތައް 60 އަހަރާ ހަމައަށް ދިރިއުޅޭއިރު، ފިރިހެން ވޭލްތަކުގެ އުމުރު ގާތްގަނޑަކަށް 45 އަހަރު ހޭދަވެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފިޚަބަރު | 7 މަސް ކުރިންވަރަށް އަވަހަށް ވޭމަންޑޫގައި 25 ހެކްޓަރުގެ ބިން އިތުރު ކުރާނަން: ރައީސްޚަބަރު | އަހަރެއް ކުރިންވޭމަންޑޫންވެސް އައިޑީކާޑު ޕްރިންޓް ކުރެވޭނެ، މިއީ ޚިދުމަތް ފެށި 27 ވަނަ ރަށްޚަބަރު | އަހަރެއް ކުރިންވޭމަންޑޫ ގޮނޑުދޮށަށް ބޮޑުމަހެއް ލައްގައިފިޚަބަރު | އަހަރެއް ކުރިން