logoEN
ކުޅިވަރު

ފީފާ ކުލަބް ވޯލްޑްކަޕް 2025 ހުޅުވި މެޗުގައި މެސީގެ އިންޓަރ މަޔާމީ އަލް އަހްލީ އާއި އެއްވަރުވެއްޖެ

މެޗު ފެށުމުގެ ކުރިން މެސީއާއި އަލް އަހްލީގެ ކެޕްޓަން ސަލާމްކުރަނީ- ފޮޓޯ: ފީފާ

މެޗު ފެށުމުގެ ކުރިން މެސީއާއި އަލް އަހްލީގެ ކެޕްޓަން ސަލާމްކުރަނީ- ފޮޓޯ: ފީފާ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

15 ޖޫން 2025 - 03:59

ފީފާގެ ކުލަބް ވޯލްޑްކަޕް 2025 އައު ފޯމެޓާއެކު އެމެރިކާގައި މިއަދު ފެށިއްޖެއެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި އިންޓަރ މައިއާމީ އާއި މިސުރުގެ އަލް އަހްލީ ވަނީ ހާޑް ރޮކް ސްޓޭޑިއަމްގައި ކުރިމަތިލާފައެވެ. މި މެޗުގައިފުރިހަމަ ވަގުތުހަމަވީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މުބާރާތް ހުޅުވި 64،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމް މެޗު ފެށުނު އިރު ފުރިފައިވާއިރު، މެޗު ފެށުމުގެ ކުރިން ގިނަ އަދަދެއްގެ އަލް އަހްލީ ސަޕޯޓަރުންވެސް ވަނީ ސްޓޭޑިއަމަށް ޖަމާވެފައެވެ. އަލް އަހްލީ އަކީ އެފްރިކާ ޗެމްޕިއަންސް ލީގް 12 ފަހަރު ކާމިޔާބުކޮށްފައިވާ އަދި މިސުރުގެ ލީގު 45 ފަހަރު ކާމިޔާބުކޮށްފައިވާ ޓީމެކެވެ.

އެން.އެފް.އެލްގެ މައިއާމީ ޑޮލްފިންސްގެ މެއިދާން ކަމުގައިވާ މި ސްޓޭޑިއަމްގައި، ވޭތުވެދިޔަ އަހަރު ބޭއްވުނު ކޯޕާ އެމެރިކާގެ ފައިނަލް މެޗުގައި ސެކިއުރިޓީ މައްސަލަތަކެއް ދިމާވެފައިވީ ނަމަވެސް، މިއަދުގެ މެޗަށް ޚާއްސަ ސެކިއުރިޓީ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި އަލް އަހްލީއަށް ޕެނަލްޓީ އެއް ލިބިފައިވާއިރު، އިންޓަރ މަޔާމީގެ ކީޕަރު ވަނީ ޕެނަލްޓީ ދިފާއުކޮށްފައެވެ. މީގެ އިތުރުން މެޗުގެ ފަހުވަގުތުގައި މެސީ ޖެހި ރީތި ޝޮޓެއް ވަނީ ގޯލުދަނޑީގައި ޖެހިފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-0 އިންނެވެ. މިގްރޫޕްގައި ދެން ހިމެނެނީ ޕޯޗުގަލްގެ އެފްސީ ޕޯޓޯ އާއި ބްރެޒިލްގެ ޕަލްމެއިރާސް އެވެ.

މިމުބާރާތުގެ ފައިނަލްމެޗު ކުޅޭނީ ޖުލައި 13 ވަނަ ދުވަހު ނިއު ޖާރސީގެ މެޓްލައިފް ސްޓޭޑިއަމްގައެވެ.

ކޮމެންޓް

871x217_placeholder