logo
Bank of Maldives

Bank of Maldives

World

އީރާން އޮތީ ދޫދޭގޮތަކަށް ނޫން، ސުލްޙަކުރެވޭތޯ އިނގިރޭސިވިލާތުން މަސައްކަތް ކުރަނީ

އަޙްމަދު ޒަލީފް
15 ޖޫން 2025 - 14:32
އީރާން އޮތީ ދޫދޭގޮތަކަށް ނޫން، ސުލްޙަކުރެވޭތޯ އިނގިރޭސިވިލާތުން މަސައްކަތް ކުރަނީ

އިސްރާޢީލާއި އީރާނާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމަައިގެ ސަބަބުން މެދު އިރުމަތީގެ ހަމަޖެހުން ގެއްލިފައިވާ ކަމަށާއި އެ ސަރަހައްދުގެ ހަމަޖެހުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ވިދާޅުވެއްޖެއެވެ.

ކެނެޑާގައި ބާއްވާ ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ފުރާވަޑައިގެންނެވުމުގެ ކުރިން، ސްޓާމަރ ނޫސްވެރިންނަށް ވިދާޅުވީ، އިނގިރޭސިވިލާތުގެ އަސްކަރީ މަތިންދާބޯޓުތަކާއެކު އަސްކަރީ އެހެން އުޅަނދުތައް ވެސް މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަމުންދާ ކަމަށެވެ. 

އެއީ އެ ސަރަޙައްދުގައި ހަމަޖެހުން ޤާއިމުކުރަން އެހީތެރިވުމަށް ތައްޔާރުވުމުގެ ގޮތުން ކުރާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީރާނަށް ޔަހޫދީ ފައުޖުން އިސްވެ ޙަމަލާދީ އީރާނުގެ ސައިންސްވެރިންތަކަކާއި އަސްކަރީ އިސް އޮފިޝަލުންތަކެއް ޝަހީދުކޮށްލިއެވެ. އޭގެ ރައްދުގައި އީރާނުން ވެސް ޒަޔަނިސްޓު އިސްރާއީލްގެ ސަރަޙައްދުތަކަށް ޑްރޯނާއި މިސައިލް ޙަމަލާތައް ފޮނުވާލައި، ބޮޑެތި ގެއްލުންތައް ދީފައެވެ.

އޭގެފަހުން، ރޭގެ ވަގުތެއްގައި ވެސް ޔަހޫދީންގެ ފައުޖުން ވަނީ އީރާނުގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކަށް އަމާޒުކޮށް އައު ޙަމަލާތަކެއް ދީފައެވެ. ރައްދުގައި އީރާނުން ވެސް ވަނީ އިސްރާއީލަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

އީރާނާއި އިސްރާއީލުގެ ކުރިމަތިލުންތަކާއެކު ސަރަޙައްދީ ހަމަނުޖެހުމަކަށް ބަދަލުވެފައިވާކަން އެނގުމާއެކު، ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން، އަސްކަރީ އުޅަނދުތައް އެ ސަރަޙައްދަށް ފޮނުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ އަސަރު ސީދާ ރާއްޖެއަށް ކުރާނެ: މިނިސްޓަރޚަބަރު | 5 ގަޑިއިރު ކުރިންރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންޚާމަނާއީ ޝަހީދުވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފިޚަބަރު | 14 ގަޑިއިރު ކުރިންނަމަނަމަ އެމެރިކާ އިން އީރާނަށް އަލުން ހަމަލާނުދޭތި، ނަތީޖާ ވަރަށް ގޯސްވާނެދުނިޔެ | 10 ދުވަސް ކުރިން