logo
MPL

MPL

ކުޅިވަރު

ޔޫރަޕުގެ ޗެންޕިއަނުން އެތްލެޓިކޯ ހަމަބިމަށް ތިރިކޮށްފި

އަބްދުﷲ ޣާނިމް
16 ޖޫން 2025 - 03:06
ޕީއެސްޖީއާއި އެތްލެޓިކޯ ވާދަކުރި މެޗުގެ ތެރެއިން- ފޮޓޯ: ބީބީސީ
ޕީއެސްޖީއާއި އެތްލެޓިކޯ ވާދަކުރި މެޗުގެ ތެރެއިން- ފޮޓޯ: ބީބީސީ

އެމެރިކާގެ ޕަސަޑީނާގެ ރޯސް ބޯލްގައި ކުޅުނު ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި، އަލަށް ޔޫރަޕުގެ ޗެމްޕިއަންކަން ހޯދި ޕެރިސް ސެއިންޓް ޖަރމޭން (ޕީއެސްޖީ) އިން އެތްލެޓިކޯ މެޑްރިޑް 4-0 އިން ބަލިކޮށްފިއެވެ.

ޕީއެސްޖީ އަށް ފުރަތަމަ ލަނޑުޖަހައިދިނީ މެޗުގެ 19 ވަނަ މިނެޓުގައި ފަބިއަން ރުއިޒްއެވެ. އޭނާ މި ލަނޑު ޖެހީ އޭރިޔާގެ ބޭރުން ޖެހި ބާރު ޝޮޓަކުން ގޯލުގެ ދަށު ކަނަށް ވައްދާލައިގެންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިޓިންހާ ވަނީ ޕީއެސްޖީގެ ދެވަނަ ގޯލު ކައުޓަރ އޭޓޭކްގައި ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި އެތްލެޓިކޯގެ ޖޫލިއަން އަލްވަރެޒް ޖެހި ލަނޑެއް ވަނީ އޭގެ ކުރިން ފައުލެއް އައި ކަމަށް ބުނެ ވަނީ ބާތިލުކޮށްފައެވެ. އެތްލެޓިކޯގެ ދަތި ހާލު އިތުރަށް ގޯސްވީ 78 ވަނަ މިނެޓުގައި ކްލެމެންޓް ލެންގްލެޓް ރެފްރީއާއި ދިމާލަށް ބުނި ބަހަކާއި ގުޅިގެން ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުނެނެވެ.

ޗެމްޕިއަންސް ލީގު ފައިނަލްގެ ހީރޯ ސެނީ މަޔުލޫ ވަނީ 87 ވަނަ މިނެޓުގައި ޕީއެސްޖީގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި އިބްރާހިމް އެމްބާޔޭގެ ވަރުގަދަ ޝޮޓެއް ދަނޑީގައި ޖެހުމަށްފަހު، ވީއޭއާރުން ދެއްކި ހޭންޑް ބޯޅައަކަށް ލިބުނު ޕެނަލްޓީއެއް ލީ ކަންގް-އިން ވަނީ ގޯލަކަށް ބަދަލުކޮށްފައެވެ. މިއާއެކު 2025 ވަނަ އަހަރު ޕީއެސްޖީން ވަނީ 103 ލަނޑު ޖަހާފައެވެ.

މި މެޗަށްފަހު ޕީއެސްޖީން ކުރިއަށް އޮތް މެޗުގައި ހިއުސްޓަންގައި ބޯކާ ޖޫނިއާސްއާ ކުރިމަތިލާނެއެވެ. އަދި އެތްލެޓިކޯއިން ބުރާސްފަތި ދުވަހު ނިކުންނާނީ ސިއެޓަލް ސައުންޑާސްއާ ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަނެއްކާވެސް ސުވާލުއުފެދޭ ބޮޑެތި ނިންމުންތަކާއެކު އެތުލެޓިކޯ އިން ރެއާލް މެޑްރިޑް ބަލިކޮށްފިކުޅިވަރު | 18 ދުވަސް ކުރިންޗެންޕިއަންސް ލީގު ހޯދަން ދިޔަ ފެރާން ޕީއެސްޖީގެ ޖޯޒީގައި ކުޅުނު ފުރަތަމަ ޗެންޕިއަންސް ލީގުމެޗުގައި ހެޓްރިކެއްކުޅިވަރު | މަހެއް ކުރިންޗެންޕިއަންސް ލީގު ހޯދަން ފެރާން ޓޮރޭސް ގެންދިޔަފަހުން ޕީއެސްޖީއަށް މޮޅެއް ނުލިބި ތިންވަނަ ބަލިވެއްޖެކުޅިވަރު | މަހެއް ކުރިންޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭގެ ކޮންޓްރެކްޓް އައުކޮށްފިކުޅިވަރު | މަހެއް ކުރިން