logo
E-Platinum
ޚަބަރު

ކުދި އާބާދީތަކުގައި ދޫނި ބައިގަނޑެއްހެން ކައުންސިލަރުން ތިބޭކަށް ނުޖެހޭ – އައްބާސް

އަޙްމަދު ޒަލީފް
16 ޖޫން 2025 - 07:01
ކުދި އާބާދީތަކުގައި ދޫނި ބައިގަނޑެއްހެން ކައުންސިލަރުން ތިބޭކަށް ނުޖެހޭ – އައްބާސް

ރަށްރަށު ކައުންސިލަރުންގެ އަދަދު ތިނަކަށް ބަދަލުކޮށްފައި ވަނިކޮށް އެ އަދަދު ފަހަކަށް ބަދަލު ކުރުމަކީ 19 ވަނަ މަޖިލީހުން، ރާއްޖޭގެ އިޤްތިޞާދަށް ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި، ކުދި އާބާދީތަކުގައި ދޫނިބައިގަނޑެއްހެން ކައުންސިލަރުން ތިބެން ނުޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 15 އަހަރު ފުރުނުއިރު އެ ޤާނޫނަށް ގެނެވިފައިވާ އިޞްލާޙުތަކާއި، އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާގުޅޭގޮތުން މެންބަރުންގެ ޚިޔާލުހޯދުމަށް މިއަދު މަޖިލީހަށް ހުށަހެޅި ޤަރާރަށް ތާޢީދު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުމަކީ ޤައުމަށް އަދި ރައްޔިތުންނަށް އެންމެ މަންފާ ކުރާނެ ގޮތް ކަމަށާއި އެ ޤާނޫނު ރަނގަޅަށް ތަންފީޒު ކުރެވޭނަމަ ރައްޔިތުންނަށް ނަފާވާނެ ކަމަށެވެ.

"އަޅުގަނޑުވެސް ގަބޫލުކުރަން 3000 ދަށުގެ އާބާދީތަކުގައި ދޫނިބައިގަނޑެއްހެން 5 ކައުންސިލަރުން ތިބޭކަށް ނުޖެހޭ. 180، 200 މީހުން ތިބޭ ރަށެއްގައި 5 ކައުންސިލަރުން ތިބޭކަށް ނުޖެހޭ،" ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވިއެވެ.

މި ގަރާރަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ ލާމަރުކަޒީ ޤާނޫނަށް 15 އަހަރުވިއިރު އެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކަކީ އެންމެ ރަނގަޅު އިސްލާހުތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭ ކަމަށްވެސް ގަރާރަށް ބަހުސްކުރެއްވި ގިނަ މެންބަރުން އިއްތިފާގުވެއެވެ.

މި ޤަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢުއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދާއިރާގެ މެމްބަރުގެ އެހީތެރިކަން ލިބޭނަމަ ކަންކަން ކުރަން މާ ބޮޑަަށް ފަސޭހަވީސް - ރައީސް ޚަބަރު | 10 ގަޑިއިރު ކުރިންކުދި އާބާދީތަކުގައި ދޫނި ބައިގަނޑެއްހެން ކައުންސިލަރުން ތިބޭކަށް ނުޖެހޭ – އައްބާސްޚަބަރު | މަހެއް ކުރިން