logo
Bank of Maldives

Bank of Maldives

ޚަބަރު

ލާމަރުކަޒީ ނިޒާމު ގެނައީ އޭރު އޮތް ސަރުކާރާ ތޮޅެން – ޝުޖާޢު

އަޙްމަދު ޒަލީފް
16 ޖޫން 2025 - 07:13
ލާމަރުކަޒީ ނިޒާމު ގެނައީ އޭރު އޮތް ސަރުކާރާ ތޮޅެން – ޝުޖާޢު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަކީ އޭގެ ޒާތުގައި ޤައުމަށް ފައިދާ ހުރި ގޮތް ކަމަށާއި، ނަމަވެސް މި ނިޒާމު އުފެދިގެން އައީ އޭރު އޮތް ސަރުކާރާ ދެކޮޅަށް ބަޔަކު ކުރި މަސައްކަތްތަކެއްގެ ތެރެއިން ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 15 އަހަރު ފުރުނުއިރު އެ ޤާނޫނަށް ގެނެވިފައިވާ އިޞްލާޙުތަކާއި، އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާގުޅޭގޮތުން މެންބަރުންގެ ޚިޔާލުހޯދުމަށް ގަރާރެއް ހުށަހަޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަކީ ޤައުމީ ވިސްނުމެއް ކަމަށާއި ސިޔާސީ ވިސްނުން އެއްކިބާކޮށް، ޤާނޫނުގައި ހުރި ބާތައް ބައްދައި އެއް މޭޒެއްގައި އެންމެން ތިބެގެން އިސްލާހު ކުރަންޖެހޭ ކަަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ. އެ ނިޒާމު ހަރުދަނާ ކުރެވޭނީ ކައުންސިލްގައި އޮންނަ ސިވިލް އޮނިގަނޑު އިސްލާހުކޮށްގެން ކަމަށާއި ސިޔާސީ މުވައްޒަފުންނާއި ކައުންސިލަރުންނާއި މެންބަރުންގެ އަދަދުވެސް ލިމިޓް ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ޤަރާރަށް ތާޢީދު ކުރައްވާ ވާހަކަ ދެއްކެވި ގިނަ މެމްބަރުން ފާހަގަ ކުރެއްވި ގޮތުގައި ލާމަރުކަޒީ ޤާނޫނަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށާއި ކައުންސިލަރުންގެ އަދަދުވެސް މަދު ކުރަން ޖެހެއެވެ. އެގޮތުން، ރަށްރަށު ކައުންސިލަރުންގެ އަދަދު ތިނަކަށް ބަދަލުކޮށްފައި ވަނިކޮށް އެ އަދަދު ފަހަކަށް ބަދަލު ކުރުމަކީ 19 ވަނަ މަޖިލީހުން، ރާއްޖޭގެ އިޤްތިޞާދަށް ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި، ކުދި އާބާދީތަކުގައި ދޫނިބައިގަނޑެއްހެން ކައުންސިލަރުން ތިބެން ނުޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 15 އަހަރު ފުރުނުއިރު އެ ޤާނޫނަށް ގެނެވިފައިވާ އިޞްލާޙުތަކާއި، އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާގުޅޭގޮތުން މެންބަރުންގެ ޚިޔާލުހޯދުމަށް މިއަދު މަޖިލީހަށް ހުށަހެޅި ޤަރާރަށް ތާޢީދު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުމަކީ ޤައުމަށް އަދި ރައްޔިތުންނަށް އެންމެ މަންފާ ކުރާނެ ގޮތް ކަމަށާއި އެ ޤާނޫނު ރަނގަޅަށް ތަންފީޒު ކުރެވޭނަމަ ރައްޔިތުންނަށް ނަފާވާނެ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިންނާ ކައިވެނިކުރާ ބިދޭސީންނަށް އާސަންދަ ނުލިބޭތީ ހުށަހެޅި ގަރާރު ބަލައިގަނެފިޚަބަރު | 9 ގަޑިއިރު ކުރިންއެސްއީޒެޑް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފިޚަބަރު | 10 ގަޑިއިރު ކުރިންމާލޭގެ ހުކުރު މިސްކިތުގައި ހުރި ދެއްވަދޫ ރަސްގެފާނުގެ މަގުބަރާ އެރަށަށް ބަދަލުކޮށްދޭން އެދިއްޖެޚަބަރު | 2 ދުވަސް ކުރިންރައީސް މުއިއްޒު ވެރިކަމާ ހަވާލުވިއިރު، ތެލެސީމިއާ ސެންޓަރުގައި ވެރިއެއް ވެސް ނެތް: ސުޖާއުޚަބަރު | 2 ދުވަސް ކުރިން