logoEN
ޚަބަރު

އާރުޓީއެލްގެ ނަމުގައި އަނެއްކާ ވެސް ސްކޭމެއް ހިންގަނީ

އާރުޓީއެލްގެ ނަމުގައި އަނެއްކާ ވެސް ސްކޭމެއް ހިންގަތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

މިއަދު ސޯޝަލްމީޑިއާގައި އާރުޓީއެލްގެ ދަށުން ހިންގަމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ނަމުގައި މިފަ ދަ ކަމެއް ހިންގަމުންދާކަން އެކުންފުންޏަށް ވަނީ ފާހަގަކުރެވި ފައެވެ.

"މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ދަނީ އާރްޓީއެލް މެދުވެރިކޮށް ތިން މަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ "ސްމާޓް ކާޑެއް " ވިއްކުމުގެ މަސައްކަތް ކުރަމުންކަަމަށް އެމްޓީސީސީ އިން ބުނެފައެވެ. މި ޕޭޖް ގައި ހިންގަމުން ގެންދާ އެއްވެސް ހަރަކާތަކީ އެމްޓީސީސީ އާއި ރާއްޖެ ޓްރާންސްޕޯޓް ލިންކާއި އެއްވެސް ގުޅުމެއް ނެތް ހަރަކާތްތަކެއް ކަން އެންމެހާ ބޭފުޅުންގެ ސަމާލުކަމަށްޓަކައި އެ އިދާރައިން ވަނީ ދަންނަވާފައެވެ.

އެމްޓީސީސީގެ ފަރާތުން އައު ޚިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތަޢާރަފުކުރާނަމަ، އެކަމެއް ރަސްމީކޮށް ފެށުމުގެ ކުރިން، ކުންފުނީގެ އޮފިޝަލް ސޯޝަލް މީޑިއާ އަދި އެހެނިހެން މީޑިއާ ޗެނަލްތަކުން އެކަމުގެ މަޢުލޫމާތު ހިއްސާކުރާނެކަން އާރުޓީއެލް އިން ފާހަގަކޮށްފައެވެ. މި ކަންކަމަށް ސަމާލުވުމުގެ ގޮތުން އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ ލިންކްތަކަށް ސަމާލުވުމަށާއ،ި އެފަދަ ފަރާތްތަކާއެކު އެއްވެސް ފައިސާގެ މުޢާމަލާތެއް ނުކުރުމަށް އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވަމުންނެވެ.

މީގެ އިތުރުން އެ ކުންފުންޏަށް ރައްޔިތުން ކުރާ އިތުބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައ،ި ނުޙައްޤުން ފައިސާ ހޯދުމަށް ކުރާ މިފަދަ ނާތަހުޒީބު މިޢަމަލު ތައް އެމްޓިސީސީއިން ހަރުކަށި އިބާރާތުން ވަނީ ކުއްވެރިކޮށްފައެވެ.

"މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމުގައި ފޭސްބުކް ގައި ހިންގަމުންދާ ޕޭގް ރިޕޯޓްކޮށް، މި ޕޭޖުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށާއ،ި މި ޕޭޖުން ފޮނުވާފައިވާ އެއްވެސް ލިންކެ އް ބޭނުންނުކުރުމަށް ސަމާލުވުމަށް އެންމެހާ ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

871x217_placeholder