logo
Bank of Maldives

Bank of Maldives

ޚަބަރު

ބ. އަތޮޅުގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތް މި މަސް ނިމުމުގެ ކުރިން ފަށަނީ

ހުސައިން ވަސީމް
17 ޖުލައި 2025 - 06:20
އާރުޓީއެލްގެ ޚިދުމަތަށް ބޭނުންކުރަމުންދާ ލޯންޗްތައް
އާރުޓީއެލްގެ ޚިދުމަތަށް ބޭނުންކުރަމުންދާ ލޯންޗްތައް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތް ބ. އަތޮޅުގައި މި ޖުލައި މަސް ނިމުމުގެ ކުރިން ފެށުމަށް ތައްޔާރުވެއްޖެއެވެ. 

އާރުޓީއެލްގެ ޚިދުމަތް ބ. އަތޮޅުގައި ފެށުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތަކުގެ ގޮތުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޓީމަކާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ޓީމެއް މިހާރު ވަނީ ބ. އަތޮޅަށް ދަތުރުތައް ފަށާފައެވެ. މި ދަތުރުތަކުގެ މައިގަނޑު ބޭނުމަކީ ބ. އަތޮޅުގެ ހުރިހާ ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން އެހެނިހެން އިދާރާތަކާއެކު ބައްދަލުކޮށް މަޝްވަރާކޮށް، މި ޚިދުމަތާ ގުޅޭ މަޢުލޫމާތު ދިނުމެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ބ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ 11 އަތޮޅެއްގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ކުރިއަށްދާނެއެވެ. މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މުހިއްމު މަޝްރޫޢެކެވެ. އެންމެ ފަހުން އާރުޓީއެލްގެ ހިދުމަތް ފަށާފައި ވަނީ ރ. އަތޮޅުގަ އެވެ.

މި މަޝްރޫޢަކީ މުޅި ރާއްޖެ ތިން ފޭސްއަކަށް ބަހާލައިގެން، 6 ޒޯންއަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި، އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހި ކުރުމެވެ. މީގެ އިތުރުން، މި ޚިދުމަތް ފުޅާވުމަކީ އިގްތިސާދީ އަދި އިޖުތިމާޢީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމްކުރުމަށް މަގުފަހިވެ، ރާއްޖޭގެ އަތޮޅުތަކުގެ ގުޅިފައިވާ ތަރައްޤީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާރުޓީއެލްގެ ހިދުމަތް ނ. އަތޮޅާއި ރ. އަތޮޅުގައި ފަށަނީޚަބަރު | 8 ދުވަސް ކުރިން5 އަތޮޅެއްގައި އާރުޓީއެލްގެ ޚިދުމަތް ފަށަން ބޭނުންވާ ދިރާސާތަކުގެ މަސައްކަތް މިމަހު ފަށަނީޚަބަރު | 3 މަސް ކުރިންއާރްޓީއެލް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިޔަން ރުފިޔާ ދީފިޚަބަރު | 4 މަސް ކުރިންބ. އަތޮޅުގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތް މި މަސް ނިމުމުގެ ކުރިން ފަށަނީޚަބަރު | 5 މަސް ކުރިން