logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭން ރެސިޑެންޝަލް އިމާރާތް ވިއްކޭނީ ވިހި ޕަސަންޓް ނިމުމުން - އެޗް.ޑީ.ސީ

އައިޝަތު ނަޝާތާއައިޝަތު ނަޝާތާ
19 ސެޕްޓެމްބަރު 2024 - 03:00
ހުޅުމާލޭގެ ތަރައްޤީގެ ތަޞައްވުރެއް - ފޮޓޯ އެޗް.ޑީ.ސީ
ހުޅުމާލޭގެ ތަރައްޤީގެ ތަޞައްވުރެއް - ފޮޓޯ އެޗް.ޑީ.ސީ

ހުޅުމާލޭގައި ތަރައްޤީކުރާ ރެޒިޑެންޝަލް އިމާރާތް ވިއްކަން ހުޅުވާލެވޭނީ ސިވިލް މަސައްކަތުގެ ވިހި އިންސައްތަ ނިންމާ އެޗްޑީސީގެ ހުއްދަ ހޯދައިގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ. އަސޭރިއާ ޕްރޮޖެކްޓް ފިޔަވައި ހުޅުމާލޭގައި ތަރައްޤީކުރާ ހުރިހާ ރެސިޑެންޝަލް އިމާރާތެއް ވިއްކުމުގައިވެސް ޢަމަލުކުރާނީ މި ގޮތަށްކަމަށް އެޗް.ޑީ.ސީއިން ނެރުނު ޢިޢުލާނުގައިވެއެވެ.

ހުޅުމާލޭގައި ތަރައްގީކުރަމުންދާ ރެސިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ވިއްކަން ފެށުމުގެ ކުރިން، ޖުމްލަ އަގުން އުނިކުރެވޭނެ ގޮތަށް ފީގެ ގޮތުގައި  ގިނަވެގެން 50،000  ރުފިޔާ ޢިމާރާތް ޑިވެލޮޕްކުރާ ފަރާތަކަށް ނެގޭނެ ކަމަށާއި، އެޕާޓްމަންޓް ވިއްކުމުގެ ހުއްދަ ލިބުމުގެ ކުރިން ބުކިން ފީގެ އިތުރުން އެއްވެސް ފައިސާއެއް ކަސްޓަމަރު އަތުން ނުނެގޭނެ ކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަސޭރިޔާ ޕްރޮޖެކްޓުގެ އެޕާޓްމަންޓްތަކަށް ބުކިން ފީގެ ގޮތުގައި ކަސްޓަމަރުންގެ އަތުން އެއްމިލިއަން ރުފިޔާ ފީގެ ގޮތުގައި ނެގުމުގެ ހުއްދަ ޑިވެލޮޕަރަށް ލިބިގެން ވާކަމަށްވެސް މި އިޢުލާނުގައިވެއެވެ. އަދި މި ފީ ނެގުމުގައި ނުވަލައްކަ ފަންސާސްހާސް ރުފިޔާއަކީ އެޕާޓްމަންޓް ގަންނަ ފަރާތައް އަނބުރާ ދޭން ޖެހިއްޖެ ހާލަތުގައި ރިފަންޑްކުރެވޭނެ އަދަދު ކަމަށްވެސް މި ޢިއުލާންގައިވެއެވެ. އަދި އަސޭރިއާ ޕްރޮޖެޓުން ތަރައްޤީކުރާ އިމާރާތުގެ ސިވިލް މަސައްކަތުގެ ވިހި އިންސައްތަ ނުނިމުނަސް  އެޗްޑީސީއާއި ޑިވެލޮޕަރާ ދެމެދު އުފައްދާފައިވާ  އެސްކްރޯ އެކައުންޓަކަށް ފައިސާ  ޖަމާކޮށް އެ ޕްރޮޖެކްޓުގެ އެޕާރޓްމެންޓް ވިއްކޭނެ ކަމަށްވެސް އެޗްޑީސީގެ މި އިޢުލާނުގައިވެއެވެ.

މީގެ ކުރިން ހުޅުމާލޭގައި އެޕާރޓްމެންޓް ވިއްކުމުގެ ނަމުގައި ސްކޭމްތައް ގިނަވެ އަދިވެސް މީގެން އެތަށް މައްސަލަ ތަކެއް ކޯޓުގައި އެބަ ހިނގައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުތައް ހަލުވިކުރަން އިތުރު ޑްރެޖަރުތަކެއްޚަބަރު | މަހެއް ކުރިންރަސްމާލެ ސައިޓް ސީ ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި ޚަބަރު | މަހެއް ކުރިންސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްމަޤާމްތަކަށް ބަދަލު ގެނެސްފިޚަބަރު | 2 މަސް ކުރިންހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ޑްރޯން ޝޯ އާއި ހަވާ އެރުވުންޚަބަރު | 6 މަސް ކުރިން