logo
Bank of Maldives

Bank of Maldives

ޚަބަރު

2026ގެ ނިޔަލަށް ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދެވޭނެ

އަޙްމަދު ޒަލީފް
18 ޖޫން 2025 - 15:57
2026ގެ ނިޔަލަށް ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދެވޭނެ

2026ގެ ނިޔަލަށް ހުރިހާ ރަށަކަށް ފެނާއި ނަރުދަމާ ދެވޭނެ ގޮތަށް މަސައްކަތްތައް ރާވަމުންދާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާ ފެނާއި ނަރުދަމާ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިހާރު އެމްޑަބްލިއުއެސްސީއާ މަޝްރޫއުތައް ހަވާލުކޮށް، ކުރިން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނަގަންޖެހޭ ހުއްދަތައް ނަގައި އަމަލީ މަސައްކަތް ފެށުމަށް މޮބިލައިޒް ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ވަޒީރު ޑރ. މުޠަލިބު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރު ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައި ހުރި ގިނަ ރަށްތަކުގައި ވެސް ކޮމިޝަން ކުރުމަށްފަހު ކޮންޓްރެކްޓަރުގެ ފަރާތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ނުލިބި ޚިދުމަތް ނުފެށި ހުރި ކަމަށްވެސް ވަޒީރު މުއްޠައްލިބު ވިދާޅުވިއެވެ. އެހެންނަމަވެސް ތިމާވެއްޓާބެހޭ ވުޒާރާއާ ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އުސޫލުތައް ލުއިކޮށްގެން އެ ޚިދުމަތް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓި އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުތައް ކުރިއަށްނުގެންދާތީ އެ އެއްބަސްވުން އުވާލައި މަޝްރޫއުތައް އަލުން ކުރިއަށްގެންދިއުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ކަމަށްވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

20 ރަށެއްގެ ފެނާއި ނަރުދަމާ ނުލިބި އެތައް އަހަރެއް، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭނެ: މުއްތަލިބްޚަބަރު | 25 ދުވަސް ކުރިންރާއްޖޭގައި ފުރަތަމަފާހަގަކުރާ އިންޖިނިއަރުންގެ ދުވަހަށް ވަރަށްބޮޑު ތަރުހީބެއްލިބޭ : މިނިސްޓަރު މުއްތަލިބް ޚަބަރު | މަހެއް ކުރިންކޮންމެ ފަންތިއެއްގެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުމަކީ އަމާޒެއް: ވަޒީރުޚަބަރު | 3 މަސް ކުރިންގިރާވަރުގެ ބިން ހިއްކޭ ވަރަކަށް ގޯތިތައް ހަވާލުކުރަނީ ޚަބަރު | 3 މަސް ކުރިން