logo
Bank of Maldives

Bank of Maldives

ޚަބަރު

ދާއޫދު ރައީސް އޮފީހުގެ މަގާމުން ވަކިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ޖޫން 2025 - 19:35
ދާއޫދު ވަކިކޮށްފި

ހުސްވި އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގެއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ޙާދިސާއާއި ގުޅިގެން އެ މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓު ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި އަހުމަދު ދާއޫދު ތަހުގީގަށް ދޮގު ބަޔާނެއް ދިންކަމަށް ބަޔާންކޮށްފައިވާތީ އޭނާ މަގާމުން މިއަދު ވަކިކޮށްފިއެވެ.

އެކަން ހާމަކުރައްވައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިރޭ ވިދާޅުވެފައިވަނީ، 2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރެެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ތަޙުޤީޤަށް ދޮގު ބަޔާނެއްދީފައިވާކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު އެ މަޤާމުން ވަކިކުރައްވާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަގާމުން ވަކިކުރި ދާއޫދު ހުރީ މި މައްސަލާގައި  24 އޭޕްރިލް 2025 އިން ފެށިގެން ސަސްޕެންޝަންގައިކަން ފާހަގަކޮށްލެވެއެވެ.

ޔުމްނު ވެއްޓުނު އްސަލަ ބެލުމަށްޓަކައި އުފެއްދެވި ކޮމިޝަންގެ ރިޕޯޓް އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވުމުން އެ ރިޕޯޓް ވަނީ އާންމުކޮށްފަ އެވެ.

ރިޕޯޓުގައިވާ މުހިންމު ކަންކަމުގެ ތެރޭގައި ސަސްޕެންޑްކޮށްފައިވާ ރައީސް އޮފީހުގެ އަންޑަރ ސެކެއްޓްރީ ދާއޫދު އަހްމަދާއި، ހޯމް މިނިސްޓަރު އަލީ އިހްސާންގެ، ޔުމްނު ވެއްޓިފައި އޮތް މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ރައުދުގެ ހައްޔަރާ ގުޅިގެން ފޯނުން މުއާމަލާތްކޮށްފައިވާ ކަމަށާއި، ދެ މީހުންގެ މެދުގައި ކުރެވުނު ޗެޓެއްގެ ތަފްސީލް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި އާއްމުކޮށްފައިވެއެވެ.

ކޮމިޝަންގެ ރިޕޯޓުގައިވަނީ ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވައްޓާލީ ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށާއި އަދި ރައުދު ނުވަތަ އެހެން މީހަކު ގަސްދުގައި އެފަދަ އަމަލެއް ހިންގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ޔުމްނުގެ ބަޔާނެއް މިހާތަނަށް ވެސް ނުލިބޭތީ, އޭނާ ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ކޮމިޝަންގެ ނިންމުމުގައިވެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖޭއެސްސީގެ ނައިބު ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު ޔަޒްމީދުޚަބަރު | 7 ގަޑިއިރު ކުރިންއިންފަންޓީނޯގެ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުއިއްޒުއާއެކު ފުޓުބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާނެކުޅިވަރު | 11 ގަޑިއިރު ކުރިންނޮވެމްބަރު 2 ވަނަ ދުވަސް ސަރުކާރު ބަންދުޚަބަރު | 11 ގަޑިއިރު ކުރިންއެމްޑީޕީގެ ސަރުކާރުން ފުނިޖައްސާފައި ހުރި 2.3 ބިލިއަން ރުފިޔާގެ ބިލުތަކަށް ދިހަ ވަރަކަށް ދުވަސްތެރޭ ފައިސާދެނީޚަބަރު | ދުވަހެއް ކުރިން