ފަތުރުވެރިންގެ އަދަދު 8.9 ޕަސެންޓް އިތުރުވެއްޖެ
.webp&w=3840&q=75)

19 ޖޫން 2025 - 05:55
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8.9 ޕަސެންޓް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް މުޅި ޖުމްލަ 80,909 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 69,317 ފަތުރުވެރިންނާއި އަޅާބަލާއިރު 16.7 އިންސައްތަ އިތުރު އަދަދެކެވެ.އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1,047,267 ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 961,560 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 8.9 އިންސައްތަ އިތުރުވުމެކެވެ.އަހަރުގެ މިހާތަނަށް ރާއްޖެއަށް ތިން ޤައުމަކުން ވަނީ 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. އެއީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ.
ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 753،973 ފަތުރުވެރިން ނުވަތަ 72 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.
ގެސްޓްހައުސްތަކުގައި 238،437 ފަތުރުވެރިން ނުވަތަ 22.8 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 29،498 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 24،544 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. މީގެ އިތުރުން އެހެނިހެން ތަންތަނުގައި 815 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.
ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 855 ގެސްޓްހައުސްގެ އިތުރުން 159 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.
މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.
އިތުރު ލިޔުންތައް

ފަތުރުވެރިކަން ޑައިވަސިފައިކުރުމުގެ ގިނަ މަސައްކަތްތައް އަންނަ އަހަރު ކުރެވޭނެ
އަހަރެއް ކުރިން
ޕީކް ސީޒަނަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަން ފަށައިފި
10 މަސް ކުރިން
ސަރުކާރުގެ ނިންމުމަށް އެއްބާރުލުންދޭނަން: މަޓާޓޯ
10 މަސް ކުރިން