logoEN
ޚަބަރު

ފުރަތަމަ ޖީޕީ ކްލިނިކްގެ މަސައްކަތް ކުރިއަށް އޮތް ދޮޅުމަސް ދުވަހުގެ ތެރޭގައި ނިމޭނޭ- ނާޒިމް

ހުސައިން ވަސީމްހުސައިން ވަސީމް

19 ޖޫން 2025 - 07:36

މާލޭގައި ހަދާ ފުރަތަމަ ޖީޕީ ކްލިނިކްގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި ނިމޭނޭ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ދާ މީހުންގެ ކިއު ކުޑަކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރޭ އެސްއެސްޓީވީގެ"ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޑޮކްޓަރަށް ދެއްކުމަށް ދާ މީހުންގެ ކިއު ކުޑަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާ ކަމަށާއި އެންމެ ބޮޑު ލުއިއެއް ލިބިގެންދާނީ މާލޭގައި ޤާއިމުކުރުމަށް ނިންމާފައިވާ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ނުވަތަ އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ޤާއިމުކުރާ ކްލިނިކުތަކުގެ ޚިދުމަތް ފެށުމައި އެކުގައި ކަމަށެވެ.

" ކުރިއަށް އޮތް ދޮޅުމަހުގެ ތެރޭގައި ފުރަތަމަ ޖީޕީ ކްލިނިކުގެ މާލޭގައި ހެދޭނެ. އެއީ ކޮރެލް ބޮލެވާޑް ފާންނު ގައި ހުރި އިމާރާތް. އިމާރާތުގެ މަސައްކަތް ނިމެނީ . އިމާރާތް ނިމުމުން މަސައްކަތް ކުރާނެ ފަރާތްތައް ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން. އަދި ހަމަ ދެވަނަ ތަނެއްގެ މަސައްކަތް ވެސް ފެށޭނެ. މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މާލޭގެ 4 ސަރަހައްދެއްގައި ޖީޕީ ކްލިނިކުތައް ޤާއިމުކުރާއިރު، ހުޅުމާލެ އާއެކު ޖުމްލަ 6 ކްލިނިކު ޤާއިމުކުރުމަށް މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޚިދުމަތްދެމުންދާ ގޮތަކީ އާދައިގެ ކުދި ކުދި ބަލިތަކާއި އާއްމު ރޯގާތަކަށް ފުރަތަމަ މައި ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ފެމެލީ ކްލިނިކަކުން ނުވަތަ ކައިރި ހެލްތު ފެސިލިޓީއަކުން ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން ކަމަށެވެ.

މި އުސޫލުން ޚިދުމަތްދޭން ފެށުމުން ފަރުވާ ހޯދުމުގައާއި ފަރުވާ ދިނުމުގައި ފަސޭހަ އަވަސް ޚިދުމަތެއް ބަލިމީހާއަށް ލިބިގެންދާއިރު، މައި ހޮސްޕިޓަލް ބާރުކުޑަވެފައި އެމަޖެންސީ ޚިދުމަތްތާއި، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކިއުތަކަށް ވަރަށް ބޮޑަށް ލުއި ލިބޭނެކަމަށެވެ.

" ތަފާސް ހިސާބްތައް ދައްކާގޮތުން އައިޖީއެމްއެޗްގެ އިމަޖެންސީއަށް ދުވާލަކު 400 އަށްވުރެ ގިނަ މީހުންދޭ އޭގެތެރެއިން 300 އެއްހާ މީހުންނަކީ ކޮންމެހެން އެމަޖެންސީއަށް ނުގޮސް ޖީޕީ ކްލިނިކެއްގެ ތެރެއިން ޚިދުމަތް ދެވިދާނެ ބައެއް. މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder