logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެސީގެ ޖާދޫވި ކުޅުމާއެކު އިންޓަރ މަޔާމީ ޕޯޓޯ ބަލިކޮށްފި

އަބްދުﷲ ޣާނިމް
20 ޖޫން 2025 - 03:54
މެސީ ވަނީ ރޭގެ މެޗުގެ މޭންއޮފްދަ މެޗް ހޯދާފައި. ފޮޓޯ: ދަ އެތްލެޓިކް
މެސީ ވަނީ ރޭގެ މެޗުގެ މޭންއޮފްދަ މެޗް ހޯދާފައި. ފޮޓޯ: ދަ އެތްލެޓިކް

ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ޕޯޓޯ އާއި ދެކޮޅަށް އިންޓަރ މަޔާމީ ކުޅުނު މެޗުގައި ލިއޮނެލް މެސީ ދެއްކި މޮޅު ކުޅުމާއިއެކު މަޔާމީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.

އެޓްލާންޓާގެ މާސެޑޭޒް ބެންޒް އެރީނާގައި 31،000 އަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ އަށްވަނަ މިނިޓުގައި ޕޯޓޯ އަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ސަމޫ އަގެހޯވާ ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ޓެލަސްކޯ ސެގޯވިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުން އިންޓަރ މަޔާމީ މޮޅުވި ލަނޑު މެޗުގެ 54 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކެޕްޓަން ލިއޮނެލް މެސީ އެވެ. މިއީ އޭނާ އިންޓަރ މަޔާމީއަށް ކުޅެދިން 61 ވަނަ މެޗުގައި އެ ކްލަބަށް ޖަހައިދިން 50 ވަނަ ލަނޑެވެ.

ގްރޫޕް އޭ ގައި ކުޅުނު މި މެޗުން އިންޓަރ މަޔާމީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ޕަލްމޭރާސްއަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުންނެވެ.

މި މެޗުގައި މެސީ ޖެހި ލަނޑާއެކު އޭނާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ޖެހި ލަނޑުގެ އަދަދު ވަނީ ހަޔަކަށް އަރާފަ އެވެ. މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ހަތް ލަނޑު ޖަހާފައިވާއިރު ކަރީމް ބެންޒޭމާ އާއި ގެރެތް ބޭލް ވަނީ ހަ ލަނޑު ޖަހާފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީގެ ދެލަނޑާއެކު ފަހަތުން އަރައި އިންޓަރ މަޔާމީ ލީގުކަޕްގެ ފައިނަލަށްކުޅިވަރު | 21 ދުވަސް ކުރިންޔަމާލް ކުޅޭތަން ބަލަން އިންނައިރު އަހަރެންގެ ޅަ އުމުރުގެ އަމިއްލަ ނަފްސު ހަނދާންވޭ - މެސީކުޅިވަރު | މަހެއް ކުރިންރޮނާލްޑޯ އާއި މެސީ އިންޑިޔާ އަށް! ރޮނާލްޑޯ ދަނޑުމަތިން ފެންނާނެކުޅިވަރު | މަހެއް ކުރިންމެސީ އާއި ޖޯޑީ އަލްބާ ސަސްޕެންޑްކޮށްފިކުޅިވަރު | 2 މަސް ކުރިން