logo
ޚަބަރު

ބޭހާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ޕާކިސްތާނާއި އެކު މަޝްވަރާކޮށްފި

އާމިނަތު ޝަފާ
20 ޖޫން 2025 - 07:00
ބޭހާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ޕާކިސްތާނާއި އެކު މަޝްވަރާކޮށްފި

ބޭހާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އާއި އެކު ހެލްތު މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މިބައްދަލުވުމުގައި ރެގިއުލޭޓަރީ ކޯޕަރޭޝަން ހަރުދަނާކުރުމާއި، ބޭހުގެ ކޮލިޓީ އެޝުއަރެންސް އިތުރުކުރުމާއި، ބޭސް އިމްޕޯޓް/އެކްސްޕޯޓް ކުރުމުގެ ނިޒާމުތައް ރަނގަޅުކުރުމާއި، ކެޕޭސިޓީ ބިލްޑިންގ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ދެފަރާތުން ވަނީ މަޝްވަރާކޮށްފައެވެ.

ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށް ސިއްހަތާ ބެހޭ ވަޒީރު ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ، ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުން ވޭތުވެދިޔަ ތަނުގައި އެސްޓިއޯއިން ރާއްޖެއަށް އެތެރެ ނުކުރާހާ ގިނަ އައިޓަމްތަކުގެ ބޭސް ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމަށެވެ.

އަދި މި ނިޒާމްގެ ތެރެއިން މެދު ނުކެނޑި ބޭސް ލިބޭނެ ގޮތް ހެދުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ޝަކުވާ ނުކުރާ ވަރަށް ރައްޔިތުންނަށް ފަސޭހަ އިން ބޭސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ އަމާޒެއް ކަމަށެވެ.

އެގޮތުން މި މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދާ މަސައްކަތަކީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ ޕޭޝަންޓުންނަށް ހޮސްޕިޓަލް ނިޒާމްގެ ތެރެއިން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭހާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ޕާކިސްތާނާއި އެކު މަޝްވަރާކޮށްފިޚަބަރު | 3 މަސް ކުރިންފުރަތަމަ ޖީޕީ ކްލިނިކްގެ މަސައްކަތް ކުރިއަށް އޮތް ދޮޅުމަސް ދުވަހުގެ ތެރޭގައި ނިމޭނޭ- ނާޒިމްޚަބަރު | 3 މަސް ކުރިންރާއްޖެއިން، ނުރައްކާތެރި މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނިއްޖެޚަބަރު | 3 މަސް ކުރިންޔޫއެންގެ ސީޕީޑީ 58 ވަނަ ބައްދަލުވުމުގައި ސިއްހީ ވުޒާރާއިން ބައިވެރިވެއްޖެޚަބަރު | 5 މަސް ކުރިން