logo
E-Platinum
ކުޅިވަރު

ބެލިންގްހަމްގެ ގޯލާއެކު ޑޯޓްމުންޑް މޮޅުވެ ގްރޫޕުގެ އެއްވަނައަށް

އަބްދުﷲ ޣާނިމް
22 ޖޫން 2025 - 05:03
މަމެލޯޑި ސަންޑައުންސްއާ އާއި ޑޯޓުމަންޑް ވާދަކުރި މެޗުގެ ތެރެއިން
މަމެލޯޑި ސަންޑައުންސްއާ އާއި ޑޯޓުމަންޑް ވާދަކުރި މެޗުގެ ތެރެއިން

ފީފާ ކުލަބު ވޯލްޑް ކަޕުގައި ރޭ ދެކުނު އެފްރިކާގެ ޗެމްޕިއަން މަމެލޯޑި ސަންޑައުންސްއާ ދެކޮޅަށް ކުޅުނު މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ގްރޫޕް އެފްގެ އެއްވަނަ މަގާމު ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑުން ހޯދައިފިއެވެ.

ސިންސިނާޓީގެ ޓީކިއުއެލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ކުޅުން ފެށިގެން 11 ވަނަ މިނިޓުގައި ސަންޑައުންސްގެ ލޫކަސް ރިބޭރޯ ކޮސްޓާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދައިދީފައެވެ. ނަމަވެސް އޭގެ ފަސް މިނިޓު ފަހުން ސަންޑައުންސްގެ ގޯލް ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޑޯޓްމުންޑްގެ ފެލިކްސް އެންމޭޗާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

ޑޯޓްމުންޑަށް މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ލިބިފައިވަނީ 34 ވަނަ މިނިޓުގައި ސާހޫ ގިރެސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ޖޯބް ބެލިންހަމް ވަނީ އިތުރު ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. މިއީ އޭނާ އެ ކްލަބާ ގުޅުނު ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ އޭނާ ޑޯޓްމަންޑް އަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ދެވަނަ ހާފުގައި ސަންޑައުންސްއިން ވަރުގަދަ ކުޅުމެއް ދައްކައި، އިކްރާމް ރޭނާރސް އާއި ލެބޯ މޮތީބާގެ ލަނޑުތަކާއެކު ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ 4-3 އަށް ގާތްކޮށްފައެވެ. ނަމަވެސް ޑޯޓްމުންޑްގެ ގޯލް ކީޕަރު ކޮބެލްގެ ފެންވަރު ރަނގަޅު ކުޅުމާއެކު، މެޗު ނިމުނީ ޑޯޓްމުންޑް މޮޅުވެގެންނެވެ.

މި މޮޅުވުމާއެކު ޑޯޓްމުންޑަށް ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައި، ގްރޫޕްގެ އެއްވަނަ މަޤާމަށް އަރައިފައެވެ. ސަންޑައުންސްއަށް ތިން ޕޮއިންޓާއެކު ދެވަނަ ލިބިފައިވާއިރު، ތިންވަނައިގައި އޮތް އުލްސާން ހިއުންޑާއީއަށް ވެސް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފައެވެ. ހަތަރުވަނައިގައި އޮތް ފްލުމިނެންސޭއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޑުއެކޭ ގެ ވޯލްޑްކަޕް މެޑަލް ޓްރަމް ވަގަށް ނަގައިފި ކުޅިވަރު | 9 ދުވަސް ކުރިންޒަބީބޯލް ފޫގޮސް ހުސްއަތާ މެޑްރިޑް ސީޒަން ނިންމާލިއިރު، ޕީއެސްޖީ ވޯލްޑްކަޕްގެ ފައިނަލަށްކުޅިވަރު | 22 ދުވަސް ކުރިންޖޯއާއޯ ޕެޑްރޯގެ ދެ ލަނޑުން ޗެލްސީ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށްކުޅިވަރު | 23 ދުވަސް ކުރިންހަނިގޮތަކަށް ޑޯޓްމަންޑްއަތުން މޮޅުވެ، ރެއާލް ސެމީއަށްކުޅިވަރު | މަހެއް ކުރިން