logo
Bank of Maldives

Bank of Maldives

ޚަބަރު

އީރާނުން އަމާން ނުދީފިނަމަ އިތުރު ހަމަލާތައް ދޭނަން - ޓްރަމްޕް

އަޙްމަދު ޒަލީފް
22 ޖޫން 2025 - 06:02
އީރާނުން އަމާން ނުދީފިނަމަ އިތުރު ހަމަލާތައް ދޭނަން - ޓްރަމްޕް

ޞުލްޙަވުން ނޫން އިތުރު އެއްވެސް ގޮތެއް އީރާނަށް ނެތް ކަމަށާއި، އިސްރާޢީލާއެކު ކުރަމުންދާ ހަނގުރާމަ އީރާނުން ހުއްޓާ ނުލައިފިނަމަ ނިރުބަވެރި އިތުރު ހަމަލާތައް ދޭނެކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދީފިއެވެ.

އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ހިންގާ މަރުކަޒުތަކަށް ނިރުބަވެރި ޙަމަލާތަކެއްދީ ސުންނާފަތި ކޮށްލާފައިވާނެ ކަމަށް ޓްރަމްޕް ބުނެފައިވާއިރު، ޔަހޫދީންނާ ބައިވެރިވެ، އެމެރިކާއިން އީރާނަށް ބޮންއަޅަން ފެށުމާ އެކު މެދުއިރުމަތީގެ މަސްރަޙު މި ވަނީ ކުރިން ގޯސްނުވާ މިންވަރަކަށް ގޯސްވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓްރަމްޕް ވަނީ އީރާނަށް އިތުރު އިންޒާރުތަކެއް ވެސް ދެއްވާފައެވެ. އޭނާ ވިދާޅުވީ، ސުލްޙަވުން ނޫން އިތުރު ގޮތެއް އީރާނަށް ދެން ނޯންނާނެ ކަމުގައެވެ. އަދި، ސުލްޙަވުމަށް އިންކާރު ކޮށްފި ނަމަ، އީރާންގެ އިތުރު ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތަކެއް ދޭނެ ކަމުގައި ވިދާޅުވެ، ޓްރަމްޕް ވަނީ އިތުރު އިންޒާރެއް ދެއްވާފައެވެ. ނަމަވެސް، އެމެރިކާގެ ޓީވީ ސްޓޭޝަނެއް ކަމުގައިވާ ސީބީއެސުން ބުނީ، ޙަމަލާތަކަށް ފަހު އެމެރިކާގެ ޚާރިޖީ ވުޒާރާއިން އީރާނަށް ގުޅާފައިވާ ކަމުގައެވެ.

އީރާންގެ ތިން ނިއުކްލިއަރ ސައިޓަކަށް ކާމިޔާބު ހަމަލާއެއް ދީފައިވާކަން ޓްރަމްޕް ވަނީ ހޮނިހިރު ދުވަހުގެ ރޭ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރޫތް ސޯޝަލް މެދުވެރިކޮށް ޢިއުލާންކޮށްފައެވެ.

"އަހަރެމެން ވަނީ އީރާނުގެ ތިން ނިއުކްލިއަރ ސައިޓަކަށް، އޭގެ ތެރޭގައި ފަރްދޫ، ނަތަންޒް އަދި އިސްފަހާން ހިމެނޭ ގޮތަށް، ވަރަށް ކާމިޔާބު ހަމަލާއެއް ދީ ނިންމާފައި،" ޓްރަމްޕް ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެމެރިކާގެ ހުރިހާ މަތިންދާބޯޓުތަކެއް އީރާނުގެ ވައިގެ ސަރަހައްދުން ބޭރުގައިވާ ކަމަށާއި، އިރުމަތީ ސްޓޭންޑަޑް ޓައިމުން ހަވީރު 7:50 ގެ ކުޑައިރުކޮޅެއް ފަހުން އެ މަތިންދާބޯޓުތައް އެނބުރި އަސްކަރީ މަރުކަޒުތަކަށް ދަތުރުކުރަމުންދާ ކަމަށެވެ.

ހަމަލާތަކަށްފަހު، ފަހުން ޓްރަމްޕް ބުނީ އޭނާ އިރުމަތީ ސްޓޭންޑަޑް ޓައިމުން ރޭގަނޑު 10:00 ގައި ޤައުމާ މުޚާޠަބުކުރާނެ ކަމަށެވެ. އަދި މި ހަމަލާތަކަކީ "އެމެރިކާގެ އެކުވެރި ޤައުމުތަކަށާއި، އިސްރާއީލަށާއި، އަދި މުޅި ދުނިޔެއަށް ތާރީޚީ ވަގުތެއް" ކަމަށް ވަނީ ސިފަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަމަނަމަ އެމެރިކާ އިން އީރާނަށް އަލުން ހަމަލާނުދޭތި، ނަތީޖާ ވަރަށް ގޯސްވާނެދުނިޔެ | 9 ދުވަސް ކުރިންއީރާނަށް ހަމަލާދިނުމަށް އިސްރާއީލުން ދަނީ އެމެރިކާގެ ކިބައިން އެދެމުން، ޓްރަމްޕް ހުރީ ހިމޭނުން: ރިޕޯޓުދުނިޔެ | 24 ދުވަސް ކުރިންއީރާންގެ ނިއުކްލިއަރ މަރުކަޒުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި World | 8 މަސް ކުރިން އީރާނަށް ކުޑަ ދުވަސްކޮޅެއްތެރޭ ޔުރޭނިއަމް އަލުން ފައްކާކުރުން ފެށުމުގެ ގާބިލުކަން ވަނީ ލިބިފައިދުނިޔެ | 8 މަސް ކުރިން