logo
Bank of Maldives

Bank of Maldives

World

އީރާނަށް އެމެރިކާއިން ދިން ޙަމަލާގެ ނަތީޖާ ހިތިވާނެ - ޙޫޘީން

އަޙްމަދު ޒަލީފް
22 ޖޫން 2025 - 06:27
އީރާނަށް އެމެރިކާއިން ދިން ޙަމަލާގެ ނަތީޖާ ހިތިވާނެ - ޙޫޘީން

ޔަހޫދީން އިސްވެ އީރާނަށް ދެމުންދާ ޙަމަލާތަކުގެ ތެރެއަށް އެމެރިކާއިން ވަނުމާއެކު ރަތް ކަނޑުގައި ދަތުރުކުރާ އެމެރިކާގެ އާގުބޯޓު ފަހަރަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް ޔަމަނުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ޙޫޘީން ބުނެފިއެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހު ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފަށާފައިވާއިރު، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ދަނީ އީރާނަށް ޙަމަލާ ދިނުމުގައި ބައިވެރިވަމުންނެވެ. އެގޮތުން، އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ތިން ނިއުކްލިޔަރ މަރުކަޒު ކަމުގައިވާ ފޯރުދޯ، ނަތަންޒް އަދި އިސްފަހަން ނިއުކްލިޔަރ މަރުކަޒަށް އެމެރިކާއިން ޙަމަލާ ދީފައިވާކަން އިޢުލާނުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފޯރުދޯ މަރުކަޒަށް ޙަމަލާ ދިނުމަށް 14 ޓަނުގެ ޖީބީޔޫ-57 ބޮމުގެ ގިނަ ޢަދަދެއްގެ ބޮން އަޅާފައިވެއެވެ. ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމުގައި ބައިވެރިވި ހުރިހާ ޖެޓުތައް ރައްކާތެރިކަމާއެކު އީރާނުގެ ވައިގެ ސަރަޙައްދުން ނިކުމެފައިވާ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

ޓްރަމްޕް ބުނީ އެމެރިކާގެ އަސްކަރިއްޔާ ފިޔަވައި މި ވަރުގެ ޙަމަލާއެއް ދެވޭނެ އިތުރު އެއްވެސް އަސްކަރިއްޔާއެއް ދުނިޔޭގައި ނުހުންނާނެ ކަމަށެވެ. މިއީ ޞުލްޙައިގެ ފެށުން ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި މި އަހަރުގެ ޖަނަވަރީ މަހާ ދެމެދު ޙޫޘީން ވަނީ އާގުބޯޓުފަހަރު ދަތުރުކުރާ މައި މަގުތަކަށް ޢަމާޒު ކޮށް 100 އަށް ވުރެ ގިނަ ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި ދެ އުޅަނދު ފައްތާލައި އިތުރު އުޅަނދެއް ވަނީ ޙޫޘީންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫ އަރައި ބޯޓުފަހަރު ދަތުރު ކުރާ މަގު ބަދަލު ކުރުމަށް މަޖުބޫރުވިއެވެ. އޭގެ ސަބަބުން ވިޔަފާރި ބޯޓުތައް ދަތުރު ކުރަން ޖެހޭ މަގު ދިގުވެ ދަތުރުތަކަށް ހިނގާ ޚަރަދު ވެސް އިތުރުވެގެން ދިޔައެވެ.

ޙޫޘީން މި މޭރުމުން ވާހަކަ ދައްކާފައިވާއިރު އެމެރިކާގެ ހަ ބީ-2 ބޮންއަޅާ ޖެޓު ވަނީ މިސޫރިގައި ހުންނަ ވައިޓްމޭން ވައިގެ އަސްކަރީ މަރުކަޒުން ގުއާމްގައި ހުން އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މިސްރާބު ޖަހާފައެވެ. އެ ޖެޓުތަކަށް ތެޔޮ އަޅާފައި ވަނީ ދަތުރުގެ މެދުތެރެއިން، ވައިގެ ތެރޭގައެވެ. އެހެންކަމުން އެ ޖެތުތަކުގައި ގިނަ ޢަދަދަކަށް ހަތިޔާރު ބަރުކޮށްފައި ހުރި ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނަށް ފިއްތުންކުރަން އެމެރިކާ އާއި ޖައްބާރު ޔަހޫދީންގެ އެއްބަސްވުމެއްދުނިޔެ | 9 ގަޑިއިރު ކުރިންއެޕްސްޓީން ފައިލްސް: އެމެރިކާގެ ކުރީގެ ދެ ރައީސަކު ޔޮޓެއްގައި ފިރިހެންކުއްޖު ''ރޭޕް''ކުރި ކަމުގެ ތުހުމަތުދުނިޔެ | 3 ދުވަސް ކުރިންކިއުބާއަށް ތެޔޮ ލިބުން ދަތިވަމުން އަންނާތީ ރަޝިއާ އިން ކަންބޮޑުވުން ފާޅުކޮށްފިދުނިޔެ | 7 ދުވަސް ކުރިންއީރާނަށް ހަމަލާދިނުމަށް އިސްރާއީލުން ދަނީ އެމެރިކާގެ ކިބައިން އެދެމުން، ޓްރަމްޕް ހުރީ ހިމޭނުން: ރިޕޯޓުދުނިޔެ | 13 ދުވަސް ކުރިން