logo
ޚަބަރު

އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު 64 އިންސައްތަ ދަރިވަރުންނަށް އޭލެވެލްގެ ގަދަ ދިހައަކާ ހަމައަށް ނުދެވޭ

އާމިނަތު ޝަފާ
22 ޖޫން 2025 - 06:32
އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު 64 އިންސައްތަ ދަރިވަރުންނަށް އޭލެވެލްގެ ގަދަ ދިހައަކާ ހަމައަށް ނުދެވޭ

އޯލެވެލްގެ ގަދަ 10ގައި ހިމެނުނު 844 ދަރިވަރުންގެ ތެރެއިން އޭލެވެލެގެ ގަދަ 10އާ ހަމައަށް ދެވުނީ 36 އިންސައްތަ ދަރިވަރުންނަށް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.

މަތީ އަރުތަވެރިންގެ އިނާމް ދިނުމަށް ކުރިއަށް ގެންދާ ޖަލްސާގެ ފުރަތަމަ ދަންފަޅީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ އޯލެވެލްގެ ބެޗްގައި 844 އަށްވުރެ ގިނަ ދަރިވަރުން ޓޮޕްޓެން ހާސިލް ކުރި ކަމަށެވެ. އެހެން ނަމަވެސް ނަތީޖާތަކަށް ބަލާއިރުގައި ފާހަގަވަނީ 2021-2022 ވަނަ އަހަރު އޯލެވެލް ހެދި އެ ދަރިވަރުންގެ ތެރެއިން 64 އިންސައްތަ ދަރިވަރުން އޭލެވެލްގެ ޓޮޕް 10އަށް ނުދެވޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ދަރިވަރުންގެ ތެރެއިން އޭލެވެލްގެ ގަދަ 10ގައި ހިމެނުނީ އެންމެ 36 އިންސައްތަ ދަރިވަރުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ވިދާޅުވީ، "އެއީ އެޑްރެސް ކުރަން ޖެހޭ އުޝޫއެއް" ކަމަށާއި އޯލެވެލް ހަދާ 7000 އެއްހާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ޝަރަފުވެރި ވަނަތައް ހޯދާ 844 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފައްޓާފައި އެ ދަރިވަރުންގެ ތެރެއިން 36 އިންސައްތަ ދަރިވަރުން މަތީ އަރުތަވެރިންގެ ގިންތީގައި ހިމެނުމަކީ މަދު އަދަދެއް ކަމަށެވެ.

"މިއީ، ކިޔަވައިދިނުން ހަރުދަނާ ކުރުމާއި ސްކޫލުތަކުގެ ތެރެއިން ލިބޭ ފުރުޞަތުތައް ތަނަވަސްކޮށްދީގެން ކަމަށް ވިޔަސް، އެޑްރެސްކުރަން ޖެހޭ ކަމެއް" މިނިސްޓަރު ވިދާޅުވިއެވެ.

ސާނަވީ މަރުހަލާގައި ކިހާ ހިސާބެއްގައިތޯ މިތިބީ ބަލާއިރު، 2013 ވަނަ އަހަރުގެ ނަތީޖާއާއި 2014 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރުވެސް އަޅުގަނޑުމެންނަކަށް މުޅި އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ 50 އިންސައްތައަށް، ފާސް ބޭނުންވާ އެންމެ ދަށް މިންވަރު ކަމުގައިވާ ސީ ފާސްއާ ހަމައަށް ނުގެންދެވޭ ކަމަށް ވެސް މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، 2023-2024 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރުވެސް ފެންނަނީ އެ މަންޒަރު ކަމަށެވެ.

"އަޅުގަނޑުމެންގެހިވާގި މުދައްރިސުން އެތައް ގަޑިއިރެއް ކިޔަވައިދިނުމުގައި ހޭދަކުރައްވަމުން ގެންދަވާއިރު، އަދި ބެލެނިވެރިން ކުރާ މަސައްކަތާ އެކުގައި އަޅުގަނޑުމެން ދާން ބޭނުންވާ މަންޒިލާ ހަމައަށް އަދި ވާޞިލް ނުވެވޭ" މި ހަޤީޤަތް ޤަބޫލުކޮށްގެން ދަރިވަރުންގެ ނަތީޖާ މައްޗަށް ޖައްސާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާބޮޑު ތަފްޞީލުތަކެއް ނުދެއްވައި މިނިސްޓަރު ވިދާޅުވީ "އަސަރުކުރަނީ ޕްރައިމަރީ ނަތީޖާ ދަށްވުމުން" ކަމަށެވެ.

ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ކަރިކުއލަމާއި ކޮންޓެންޓަށް ގެންނަން ޖެހޭ ބަދަލުތަކާއި މުދައްރިސުންނާއި ޕްރިންސިޕަލުންނަށް ފާއިތުވި އަހަރު ތަމްރީނު ފޯރުކޮށްދީފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް، ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔެވޭނެ: ޝަފީއުޚަބަރު | 17 ދުވަސް ކުރިންތަޢުލީމީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ސަޢުދީ ސަފީރާއި ތަޢުލީމީ ވަޒީރު މަޝްވަރާކުރައްވައިފި ޚަބަރު | 2 މަސް ކުރިންޓީޗަރުންނަށް ދަތިވާކަންކަން ޕޮލިސީ ލެވެލްގައި ހައްލުކުރަން މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިންއޭލެވެލް އެއީ ސްކޫލް ނިންމާ މަރުހަލާކަމުގައި ކަނޑައަޅަނީޚަބަރު | 3 މަސް ކުރިން