logo
ކުޅިވަރު

ޔުވެންޓަސް ދެވަނަ މެޗުންވެސް މޮޅުވެ، ގަދަ 16 އަށް

އަބްދުﷲ ޣާނިމް
23 ޖޫން 2025 - 03:04
ޔުވެންޓަސް އާއި ކަސަބްލަންކާ އާއި ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ޔުވެންޓަސް
ޔުވެންޓަސް އާއި ކަސަބްލަންކާ އާއި ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ޔުވެންޓަސް

ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި ޔުވެންޓަސް ކުޅުނު ދެވަނަ މެޗުގައި މޮރޮކޯގެ ވިދާދު ކެސަބްލަންކާ އާއި ވާދަކޮށް 4-1 އިން މޮލުވެ ޔުވެންޓަސް މުބާރާތުގެ ގަދަ 18 އަށް ދަތުރުކޮށްފިއެވެ. ފިލަޑެލްފިއާގެ ލިންކަން ފައިނޭންޝަލް ފީލްޑްގައި ކުޅުނު މި މެޗަކީ ދެ ޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ.

މެޗު ފެށުނު ހިސާބުން ފެށިގެން ޔުވެންޓަސްގެ ނުރައްކާތެރިކަން ފެންނަން ފެށުނެވެ. މެޗުގެ 6 ވަނަ މިނެޓްގައި ތުރުކިޔޭގެ ތަރި ކެނަން ޔިލްޑިޒް ޖެހި ވިދާދުގެ އަބްދުލްމުނައިމް ބޫޓުއިލްގައި ޖެހި ބޯޅަ ބައިކޮޅު ގޯލަށް ވަނުމުން ޔުވެންޓަސް އަށް މެޗުގައި ފުރަތަމަ ފަހަރަށް ކުރިލިބުނެވެ. އަދި 16 ވަނަ މިނެޓްގައި ޔިލްޑިޒް ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައި ޔުވެންޓަސްގެ ލީޑު 2-0 އަށް ފުޅާކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 25 ވަނަ މިނެޓްގައި ކެސަބްލަންކާގެ ނޯދިން އަމްރަބަޓްގެ ފުރިހަމަ ޕާހަކުން ސައުތު އެފްރިކާގެ ތެމްބާ ޒްވާނެ ޖެހި ގޯލާއެކު މެޗުގެ ސްކޯ 2-1 އަށް ކުޑަކުރިއެވެ.

69 ވަނަ މިނެޓްގައި ޔިލްޑިޒް އޭނާގެ ހެޓްރިކް ފުރިހަމަކުރިއެވެ. އަދި މެޗުގެ އިތުރުވަޤުތުގެ 94 ވަނަ މިނެޓްގައި ޑުޝަން ވްލަހޯވިޗް ޕެނަލްޓީއެއް ކާމިޔާބުކޮށް މެޗު 4-1 އިން ނިންމާލިއެވެ.

މި ބައްޔާއެކު ވިދާދު ކެސަބްލާންކާ މުބާރާތުގެ ގްރޫޕް ސްޓޭޖުން ވަކިވެފައިވާއިރު، ޔުވެންޓަސް ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ. މިގްރޫޕްގައި ޔުވެންޓަސް ދެން ނިކުންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގައި މެންޗެސްޓަރ ސިޓީއާއި ދެކޮލަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުވެންޓަސްއިން ޖޯއާއޯ މާރިއޯގެ ސޮއި ހޯދައިފިކުޅިވަރު | މަހެއް ކުރިންމަޑުއެކޭ ގެ ވޯލްޑްކަޕް މެޑަލް ޓްރަމް ވަގަށް ނަގައިފި ކުޅިވަރު | މަހެއް ކުރިންޒަބީބޯލް ފޫގޮސް ހުސްއަތާ މެޑްރިޑް ސީޒަން ނިންމާލިއިރު، ޕީއެސްޖީ ވޯލްޑްކަޕްގެ ފައިނަލަށްކުޅިވަރު | 2 މަސް ކުރިންޖޯއާއޯ ޕެޑްރޯގެ ދެ ލަނޑުން ޗެލްސީ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށްކުޅިވަރު | 2 މަސް ކުރިން