logo
World

އީރާނުން ދުލެއް ނުދިން، ތެލް އަވީވާއި ހައިފާ ސުންނާފަތި ކޮށްލައިފި

އަޙްމަދު ޒަލީފް
23 ޖޫން 2025 - 11:52
އީރާނުން ދުލެއް ނުދިން، ތެލް އަވީވާއި ހައިފާ ސުންނާފަތި ކޮށްލައިފި

މި ޖޫންމަހުގެ 13 ވަނަ ދުވަހު އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގެ ރައްދުގައި އިސްރާޢީލްގެ ވެރިރަށް ތެލް އަވީވާއި، ހައިފާ  ވަރަށް ބޮޑަށް ސުންނާފަތި ކޮށްލައިފިއެވެ.

އީރާނުން މިސައިލް ހަމަލާތައް އަލުން ފަށައި އިސްރާއީލަށް އަނެއްކާވެސް ބޮޑެތި ގެއްލުންތައް ދީފައިވާއިރު، މިހާތަނަށް އިސްރާއީލުގެ އެކި ރަށްތަކަށް 450 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލް ހަމަލާ ދީފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީރާނުން މިސައިލްތައް އަމާޒުކުރީ ސީދާ ކޮން ތަންތަނަކަށް ކަމެއް އިސްރާއީލު މީޑިއާއިން ނުބުނެއެވެ. އެހެންނަމަވެސް، ހަމަލާތައް އަމާޒުވި ހިސާބުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އާންމުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް އެމެރިކާއިން ދިން ނިރުބަވެރި ޙަމަލާތައް ކާމިޔާބުވި ކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށާއި، ފޫރްދޫގައި ޤާއިމު ކޮށްފައިވާ ނިއުކްލިޔަރ މަރުކަޒަށް ދިން ޙަމަލާތަކުގައި ލިބިފައިވާ ގެއްލުން ވަޒަން ކުރެވިފައި ނުވާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިއޭއީއޭ)ން ވަނީ ހާމަކޮށްފައެވެ.

ބީ-2 ބޮންއަޅާ މަތިންދާބޯޓުތަކާއި ޖީބީޔޫ-57 މަރުކާގެ ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން އެމެރިކާއިން އީރާންގެ ތިން މަރުކަޒަކަށް ޙަމަލާ ދިނެވެ. އެއީ، ނަޠަންޛާއި، ފޫރްދޫގެ އިތުރުން އަޞްފިހާންގައި ޤާއިމު ކޮށްފައިވާ ނިއުކްލިޔަރ މަރުކަޒުތަކެވެ. ޓްރަމްޕް ވިދާޅުވީ، ޙަމަލާތަކުގައި އެ މަރުކަޒުތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައެވެ. އަދި، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ނިމުމަކަށް ގެންނަވާފައިވާނެ ކަމުގައެވެ.

ޖޫން 22 ވަނަ ދުވަހު އެމެރިކާއިން އީރާނަށް ޙަމަލާ ދީފައި ވަނީ ޔަހޫދީންނާ ބައިވެރިވުމުގެ ގޮތުންނެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. އޭގެ ތެރެއިން ވެސް ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރާ މަރުކަޒުތަކަށެވެ. އަދި، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުންނަށެވެ. އީރާންގެ ޢާންމުން ދިރިއުޅޭ ރަށްތަކާއި، އަސްކަރީ އަދި ދިފާޢީ މަރުކަޒުތަކަށް ވެސް ޔަހޫދީން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ.

އީރާނުގެ ނުފޫޒުގަދަ އަސްކަރިއްޔާ، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން މީގެކުރިންވަނީ، މިހާރު ދެމުންގެންދާ ހަމަލާތަކުގައި އިސްރާއީލު ސުންނާފަތި ކޮށްލާފައިނޫނީ ހުއްޓާނުލާނޭ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާންގެ ނިއުކްލިއަރ މަރުކަޒުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި World | 2 މަސް ކުރިން އީރާނަށް ކުޑަ ދުވަސްކޮޅެއްތެރޭ ޔުރޭނިއަމް އަލުން ފައްކާކުރުން ފެށުމުގެ ގާބިލުކަން ވަނީ ލިބިފައިދުނިޔެ | 2 މަސް ކުރިންހަނގުރާމަ މެދުކަނޑާލުމާއެކު ތެލުގެ އަގު ދަށަށް World | 2 މަސް ކުރިންއިސްރާއީލުން އީރާނަށް ބޮންއެޅުމުން އީރާނުގެ މިސައިލްގެ އައު ރާޅެއް އިސްރާއީލަށްދުނިޔެ | 2 މަސް ކުރިން