logo
E-Platinum
World

ދުޝްމަނުން އަބަދުވެސް އުޅެން ޖެހޭނީ ބިރުވެރި ކަމެއްގެ ތެރޭގައި - އީރާން

އަޙްމަދު ޒަލީފް
23 ޖޫން 2025 - 15:41
ދުޝްމަނުން އަބަދުވެސް އުޅެން ޖެހޭނީ ބިރުވެރި ކަމެއްގެ ތެރޭގައި - އީރާން

ޑްރޯން ޙަމަލާތައް ދިނުން އެންމެ ހިނދުކޮޅަކަށް ވެސް މަޑުޖައްސައި ނުލާނެ ކަމަށާއި ދުޝްމަނުން އަބަދުވެސް އުޅެން ޖެހޭނީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށް އިީރާނުން ބުނެފިއެވެ.

ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ދިން ޙަމަލާއާ ގުޅިގެން އީރާނުން ފަށާފައިވާ ޚާއްޞަ އަސްކަރީ ޙަރަކާތް، އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ދަށުން އަނެއްކާ ވެސް ޔަހޫދީންނަށް އަމާޒު ކޮށް ވަރުގަދަ ޙަމަލާތަކެއް ވަނީ ދީފައެވެ.

އެ ޙަމަލާތަކުގައި ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ޞަފަދާއި ތަަލުއްދުވައިރާއި ޢަސްޤަލާންއާއި އަސްދޫދާއި ބައިސާންއަށް ގެއްލުންތައް ދީފައިވެއެވެ.

އިންޤީލާބީ ފައުޖުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އަސްކަރީ ޙަރަކާތް ކުރިއަށް ގެންދާނީ ޚާއްޞަ އުކުޅުތައް ބޭނުން ކޮށްގެން ކަމަށާއި، ޔަހޫދީންގެ ވައިގެ ދިފާޢީ ނިޒާމުގައި ހުރި ބަލިކަށި ކަންކަން ދެނެގަނެ އެ ކަންކަމަށް ސަމާލުކަން ދީގެން ކަމަށެވެ. އަދި އީރާނުގެ ޙަމަލާތައް ދާނީ ދުވަހުން ދުވަހަކަށް ވަރުގަދަވަމުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. 

ޙަމަލާތަކުގެ ސަބަބުން ޔަހޫދީ ވަޒަންވެރިންނަށް ވަނީ ބިންގަރާސްތަކުގައި ހިމާޔަތް ހޯދުމަށް މަޖުބޫރުވެފައެވެ. ކުރިމަތިލުންތައް ފެށިފަހުން ފުރަަތަމަ ފަހަރަށް މެދުކެނޑުމެއްނެތި 35 މިނެޓު ވަންދެން ޙަމަލާ އަންނަ ކަމުގެ ރަނގަބީލު ވަނީ ޔަހޫދީ ރަށްތަކުގައި އިއްވާފައެވެ.

އީރާނާ ދެކޮޅަށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް އެ ޤައުމުގެ 400އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ އާންމުންގެ މީހުންނެވެ. ޝަހީދުވި މީހުންގެ ތެރޭގައި އަސްކަރީ އިސް ކޮމާންޑަރުންނާއި ނިއުލްލިޔަރ ސައިންސުވެރިން ވެސް ހިމެނެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާންގެ ނިއުކްލިއަރ މަރުކަޒުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި World | 12 ދުވަސް ކުރިން އީރާނަށް ކުޑަ ދުވަސްކޮޅެއްތެރޭ ޔުރޭނިއަމް އަލުން ފައްކާކުރުން ފެށުމުގެ ގާބިލުކަން ވަނީ ލިބިފައިދުނިޔެ | 18 ދުވަސް ކުރިންހަނގުރާމަ މެދުކަނޑާލުމާއެކު ތެލުގެ އަގު ދަށަށް World | 25 ދުވަސް ކުރިންއިސްރާއީލުން އީރާނަށް ބޮންއެޅުމުން އީރާނުގެ މިސައިލްގެ އައު ރާޅެއް އިސްރާއީލަށްދުނިޔެ | މަހެއް ކުރިން