logo
E-Platinum
World

ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި ނުއުފެލޭ މިންވަރަށް ތެލުގެ އަގު އުފުލިއްޖެ

އަޙްމަދު ޒަލީފް
23 ޖޫން 2025 - 16:09
ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި ނުއުފެލޭ މިންވަރަށް ތެލުގެ އަގު އުފުލިއްޖެ

ޓްރަމްޕްގެ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ތެލުގެ އަގު، ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި ނުއުފެލޭ މިންވަރަށް ތެލުގެ އަގު އުފުލިގެން ހިނގައްޖެއެވެ.

ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ މިންގަނޑުތަކުގެ ތެރޭގައި ބްރެންޓް ކްރޫޑް އަދި ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓް (ޑަބްލިޔުޓީއައި)ގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހިމެނެއެވެ.

ތަޖުރިބާކާރުން ބުނީ، ބްރެންޓްގެ ފީފާއެއްގެ އަގު 77.86 އެމެރިކާ ޑޮލަރުގައި ހިފެހެއްޓިފައި ވަނީ 81.40 އެމެރިކާ ޑޮލަރަށް އުފުލުމަށް ފަހު ކަމުގައެވެ. އަދި، ޑަބްލިޔުޓީއައިގެ ފީފާއެއްގެ އަގު 74.68ގައި ހިފެހެއްޓިފައި ވަނީ ޖޫން 23ވަނަ ދުވަހު ތެޔޮ ފީފާއެއްގެ އަގު 78.40 އެމެރިކާ ޑޮލަރަށް އުފުލުމަށް ފަހުއެވެ.

ޖޫން 23 ވަނަ ދުވަހު ތެލުގެ ބާޒާރުގެ އަގުތަކަށް ބަލައިލާއިރު، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ވަނީ %1.1އަށް އުފުލިފައެވެ. އެއީ، 0.85 އެމެރިކާ ޑޮލަރުގެ އުފުލުމެކެވެ. ބްރެންޓް ކްރޫޑްގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މި ވަގުތު ހުރީ 77.86 އެމެރިކާ ޑޮލަރުގައެވެ. ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓަށް ބަލައިލާއިރު، ތެޔޮ ފީފާއެއްގެ އަގު ވަނީ %1.14 ނުވަތަ 0.84 އެމެރިކާ ޑޮލަރުން އުފުލިފައެވެ. ޑަބްލިޔުޓީއައިގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މި ވަގުތު ހުރީ 74.68 އެމެރިކާ ޑޮލަރުގައި ހިފެހެއްޓިފައެވެ.

އެމެރިކާއިން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި ވަނީ ޖޫން 22ވަނަ ދުވަހުއެވެ. އެ ދުވަހު އީރާން ގަޑިން މެންދަމުންއަލިވެ 2:30ހާއިރު ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހިންގާ މައި މަރުކަޒުތަކަށެވެ. އެމެރިކާގެ ޙަމަލާތައް އަމާޒު ކޮށްފައިވާ މަރުކަޒުތަކުގެ ތެރޭގައި އަޞްފިހާނާއި، ނަޠާންޛްގެ އިތުރުން ފޫރްދޫގައި ހުރި މަރުކަޒުތައް ހިމެނެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާންގެ ނިއުކްލިއަރ މަރުކަޒުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި World | 13 ދުވަސް ކުރިން އީރާނަށް ކުޑަ ދުވަސްކޮޅެއްތެރޭ ޔުރޭނިއަމް އަލުން ފައްކާކުރުން ފެށުމުގެ ގާބިލުކަން ވަނީ ލިބިފައިދުނިޔެ | 19 ދުވަސް ކުރިންހަނގުރާމަ މެދުކަނޑާލުމާއެކު ތެލުގެ އަގު ދަށަށް World | މަހެއް ކުރިންއިސްރާއީލުން އީރާނަށް ބޮންއެޅުމުން އީރާނުގެ މިސައިލްގެ އައު ރާޅެއް އިސްރާއީލަށްދުނިޔެ | މަހެއް ކުރިން