logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާއީލުން އީރާނަށް ބޮންއެޅުމުން އީރާނުގެ މިސައިލްގެ އައު ރާޅެއް އިސްރާއީލަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ޖޫން 2025 - 02:58
އިސްރާއީލުން އީރާނަށް ބޮންއެޅުމުން އީރާނުގެ މިސައިލްގެ އައު ރާޅެއް އިސްރާއީލަށް

ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރިތާ މާގިނަ އިރެއް ނުވަނީސް އިސްރާއީލުން ވަނީ އީރާންގެ ވެރިރަށް ތެހެރާނަށް ބޮންއެޅުމުން ރައްދުގައި އީރާނުން އައު މިސައިލްގެ ރާޅެއް އިސްރާއީލަށް ފޮނުވާލައިފިއެވެ.

ބައިނަލްއަގްވާމީ މީޑިއާ ބުނާގޮތުގައި އިސްރާއީލްގެ ސިފައިން ވަނީ އެ ގައުމަށް އީރާންގެ އައު މިސައިލް ހަމަލާތަކެއް އަމާޒުވާތީ ރައްޔިތުން ރައްކާތެރިކަން ހޯދުމަށް އަންގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލްގެ ތެލްއަވީވާއި ގިނަ ސަރަހައްދުތަކުން ސައިރަންގެ އަޑު އިވެމުން އަންނައިރު ތެލްއަވީވުން ބާރުގަދަ ގޮވުމެއްގެ އަޑު އިވިފައިވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އުތުރާއި ދެކުން ސައިރަންގެ އަޑު ދަނީ އިވެމުންނެވެ.

އެމެރިކާއިން އީރާންގެ ނިއުކްލިއަރ މަރުކަޒުތަކަށް ދިން ރައްދެއްގެ ގޮތުން އީރާނުން ރޭ ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް މިސައިލް ހަމަލާދީފައެވެ.

އީރާނުން އަންނަނީ މަޖުބޫރުކުރުމާއި ބިރުދެއްކުމުގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެކަމަށް ބުނަމުންނެވެ. އަދި ގައުމާއި ރައްޔިތުންގެ ހައްގުގައި ދިފާއުގެ ހަމަލާތައް ދެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލާއި އީރާނުން ހަމަލާބަދަލުކުރުން ވަގުތުން ހުއްޓާލުމަށް ޓްރަމްޕް ގޮވާލައްވައިފިދުނިޔެ | 3 މަސް ކުރިންއީރާނާއި އިސްރާއީލުން އަލުން ހަނގުރާމަ ފަށައި މެދުއިރުމަތީގެ މަސްރަހު ހޫނުވެއްޖެދުނިޔެ | 3 މަސް ކުރިން ހަނގުރާމަ ހުއްޓާލައި ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނުން އެއްބަސްވެއްޖެ: ރިޕޯޓްދުނިޔެ | 3 މަސް ކުރިންއެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ރޭވި ހަމަލާތައް ޓްރަމްޕް ކެންސަލްކޮށްފިދުނިޔެ | 4 މަސް ކުރިން