logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޓަރ މިލާން އިން މެންޗެސްޓަރ ސިޓީ މޮޅުވިޔަ ނުދިން

އަޙްމަދު ޒަލީފް
19 ސެޕްޓެމްބަރު 2024 - 05:52
އިންޓަރ މިލާން އިން މެންޗެސްޓަރ ސިޓީ މޮޅުވިޔަ ނުދިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީ އާއި އިންޓަރ ވާދަކުރި މެޗު ދެ ޓީމު އެއްވަރު ވެގެން ނިމިއްޖެއެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި އިންޓަ އަތުން 1-0 އިން މޮޅުވެ ޗެމްޕިއަންކަން ހޯދި ސިޓީން ރޭގެ މެޗުގައި 22 ޝޮޓް ފޮނުވާލި ނަމަވެސް ގޯލެއް ޖެހޭގޮތެއް ނުވި އެވެ. އާލިން ހާލަންޑް، ފިލް ފޯޑެން އަދި އިލްކާއި ގުންޑޮގާން އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އިންޓަގެ ގޯލްކީޕަރު ޔަން ސޮމާ ވަނީ ފޫހަރުކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ މިދިޔަ ދެ އަހަރާއި ބައި ތެރޭ، ސިޓީން އަމިއްލަ ދަނޑުގައި ކުޅުނު މެޗެއްގައި ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ. އަދި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި 40 މެޗަށް ފަހު ސިޓީން މި ވަނީ އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި މެޗެއް ނިންމާލަން ޖެހިފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން މެންޗެސްޓަރ ސިޓީ އިން ގޭމް ޑޮމިނޭޓް ކޮށްގެން ކުޅެން މަސައްކަތް ކުރި ނަމަވެސް އިންޓަރ އިން ވަނީ ގޭމުގެ ތެރެއަށް ވަދެ ވާދަވެރި ކުޅުމެއް ދައްކާފައެވެ. މެންޗެސްޓަރ ސިޓީން ވަނީ މި ހާފުގައިވެސް ގިނަ ހަމަލާ ތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. މި ހާފުގައި މެންޗެސްޓަރ ސިޓީގެ އިތުބާރު ފޯވާޑު އާލަން ހާލަންޑް އަށް ގޯލު ޖަހާ މެޗުގެ ލީޑު ނެގުމަށް ފުރުސަތުތަކެއް ވަނީ ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް މީގެން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ހާފުގައި ވެސް ދެ ޓީމަށްވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ވަނީ ލިބިގެން ގޮސްފައެވެ. މި ގޮތުން މެންޗެސްޓަރ ސިޓީގެ އިކޭ ގުންޑޯގަން ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ދެ ހަމަލާއެއް އިންޓަރ ގެ ކީޕަރު ޔަން ސޮމާ ވަނީ ދިފާއުކޮށްފައެވެ.

މީގެ އިތުރުން މެންޗެސްޓަރ ސިޓީގެ ފިލް ފޯޑެން އިންޓަރގެ ޕެނަލްޓީ އޭރިޔާގެ ރޮނގުމަތިން ފޮނުވާލި ހަމަލާއެއްވެސް ސޮމާ ވަނީ ދިފާއުކޮށްފައެވެ. މި ހާފުގައި އިންޓަރ އަށް ލިބުނު އެންމެ ރަނގަޅު އެއް ފުރުސަތު ލިބިގެން ދިޔައީ ހެންރިކް މެކިންޓައިންއަށެވެ. މެކިންޓައިން މެންޗެސްޓަރ ސިޓީގެ ޕެނަލްޓީ އޭރިޔާގެ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ މަތިންނެވެ.

މި މެޗާއެކު، ސިޓީީ އަށް ވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން އެެއް ޕޮއިންޓު ލިބިފަ އެވެ. އަދި އިންޓަ އަށް ވެސް ވަނީ އެއް ޕޮއިންޓު ލިބިފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޓަރ މިލާނާއި މޮންޓެރޭ ދެވަނަ ބުރަށްކުޅިވަރު | 3 މަސް ކުރިންފަހުވަގުތު ރެޑް ޑައިމަންޑް އަތުން މޮޅުވެ، އިންޓަރ ދެވަނަ ބުރުގެ އުއްމީދުތައް އައުކޮށްފިކުޅިވަރު | 3 މަސް ކުރިންއިންޓަރ މިލާންގެ އައު ކޯޗަކަށް ކްރިސްޓިއަން ޗިވޫ އައްޔަންކޮށްފިކުޅިވަރު | 3 މަސް ކުރިންއިންޓަރ ހަމަބިމަށް ތިރިކޮށް ޕީއެސްޖީގެ ތާޜީހުގައި ފުރަތަމަ ފަހަރަށް ޗެންޕިއަންސްލީގު ކާމިޔާބުކޮށްފިކުޅިވަރު | 4 މަސް ކުރިން